ފަހުގެ ޚަބަރު


އިތުރަށް...

މަޖިލިސްގެ 13 ބުރި އިމާރާތުން މީހަކުވެއްޓި ޒަޚަމްވެއްޖެ

ލިޔުނީ: Unknown - Tuesday, September 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހަދަމުންދާ މަޖިލީހުގެ އާ އިމާރާތުގައި މަސައްކަތް ކުރަން އުޅިކޮށް މިއަދު ހެނދުނު ބިދޭސީއަކު ވެއްޓި ޒަހަމްވެއްޖެ އެވެ.

މަންޒަރު ފެނުނު މީހަކު ބުނި ގޮތުގައި 13 ބުރީގެ މަޖިލީހުގެ އާ އިމާރާތުގެ ތިން ވަނަ ބުރިން މީހަކު ވެއްޓުނީ ހެނދުނު 10:00 ހާއިރު ކަމަށެވެ. އޭނާ ވެއްޓުނީ އިމާރާތުގެ ބޭރުގައި ކްލެޑިން ޖެހުމަށްޓަކައި މިން ނަގަން އުޅެނިކޮށް ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

"އޭނާގެ އަނގަ މައްޗާއި ބޯ ވަނީ ފަޅައިގެން ގޮސްފައި. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް ލައިގެން،" އޭނާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތް ހަދާ އާރުސީއެންސީ ކުންފުނީގެ އިސް ބޭފުޅަކު ވިދާޅުވީ އިމާރާތުން ވެއްޓުނީ މެލޭޝިއާގެ ރައްޔިތެއް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ އަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

"އޭނާ ތިން ވަނަ ބުރިން ވެއްޓި ޖެހުނީ އެއް ވަނަ ބުރިއާ ހަމައިގަ އަޅާފައި ހުރި ސޭފްޓީގައި. އެހެންވެ މާބޮޑު ގެއްލުމެއް ނުލިބުނީ. ބޯފަޅައިގެން ދިޔައީ ދަގަނޑު ހޮޅީގައި ޖެހިގެން،" އޭނާ ބުންޏެވެ.

އިމާރާތުގެ ސޭފްޓީގެ ގޮތުގައި އެއްވަނަ ބުރިއާ ހަމައިގައި ބޭރުން ޖަހާފައި ހުރީ ޓިނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް