ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވި 2 ބޭފުޅުންނަށް ކޮމިޝަނަރ އޮފް ޕޮލިސް ތަހުނިޔާ ވިދާޅުވެއްޖެ

ލިޔުނީ: Unknown - Monday, September 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯއްދެވި 2 ބޭފުޅުންކަމުގައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި ޕީ.ޕީ.އެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ހޯއްދެވި ކާމިޔާބީއަށް ދިވެހި ހުރިހާ ފުލުހުންގެ ނަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އެބޭފުޅުންނަށް ތަހުނިޔާ ދަންނަވައިފިއެވެ.

މިއންތިޚާބުގެ ސަލާމަތީ ކަންކަން ކުރިޔަށް ގެންދިޔަ ގޮތާބެހޭގޮތުން  ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ކުރި ހޯއްދެވި ދެބޭފުޅުން ހޯއްދެވި ކާމިޔާބީއަށް ހުރިހާ ފުލުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ދަންނަވައި ޝުކުރު ދަންނަވާ ކަމަށެވެ.

 ކޮމިޝަނަރ އޮފް ޕޮލިސް ރައީސް ނަޝީދަށް ތަހުނިޔާ ދެންނެވި ނަމަވެސް ރައީސް ނަޝީދު ނުހޮވުމަށް ބާރުއަޅާފަދަ ގޮތްތަކަކަށް އެބޭފުޅާވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް