ފަހުގެ ޚަބަރު


އިތުރަށް...

ލ. ގަމުގައި ހިންގި މާރާމާރީގައި 3 މީހަކު ހައްޔަރުކޮށްފި

ލިޔުނީ: Unknown - Thursday, September 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމުގައި މިމަހުގެ 3 ވަނަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި އުމުރުން 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 16 އަހަރުގެ ކުއްޖެކެވެ.

މި 3 މީހުންގެ ތެރެއިން 22 އަހަރުގެ މީހާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 05:30 ހާއިރު ލ. ގަމު ތުނޑީ އަވަށުގެ ހޮޓަލެއްގެ ތެރޭގައި ސައިބޯން އިންމީހެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 11:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

 މި މާރާމާރީގައި އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނަކަށެވެ.

އަދި މާރާމާރީގައި އޭނާގެ ބުރަކަށީގެ ތަނަކުން ތެޔޮހަން ގޮސްފައިވާއިރު ބޭރުފުށުން އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އޭނާއަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް