ފަހުގެ ޚަބަރު


އިތުރަށް...

ސިކްސެންސަސް ލާމު ރިސޯޓް 70 މިލިއަން ޑޮލަރަށް ވިއްކާލައިފި

ލިޔުނީ: Unknown - Thursday, September 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ލ. އޮޅުވެލީގައި އޮޕަރޭޓް ކުރަމުން އަންނަ ސިކްސެންސަސް ލާމް ރިސޯޓް 70 މިލިއަން ޑޮލަރަށް ސިންގަޕޫރުގެ ހޮޓަލް ޗެއިންއަކަށް ވިއްކާލަން ނިންމައިފި އެވެ.

ޓޫރިޒަމް ސިނާއަތުގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސް، "ހޮޓަލް ނިއުސް ރިސޯސް"އިން ބުނެފައި ވަނީ 70 ވޯޓާ ވިލާ އާއި 27 ބީޗް ވިލާ ހިމެނޭ ގޮތަށް ހަދާފައިވާ އެ ރިސޯޓް ވިއްކާލަނީ ސިންގަޕޫރުގެ ޕްރޮޕަޓީޒް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ލައިޝުއާ ފްރޮންޓިއާޒް ލިމިޓެޑަށް ކަމަށެވެ.

ޖޯންސް ލޭންގް ލަސެލްސް ހޮޓަލްސް ގްރޫޕުން ލަފާ ދީގެން ހިންގާފައިވާ އެ މުއާމަލާތުގެ އަގު 70 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އެ ގްރޫޕުގެ ސީނިއާ ވައިސް ޕްރެސިޑެންޓް ނިހާތު އެރިކަން ވިދާޅުވެފައި ވަނީ ރާއްޖެއަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ޓޫރިސްޓުން ޒިޔާރަތް ކުރަމުން އަންނަ ގައުމެއް ކަމަށެވެ. އަދި އެފަދަ ރިސޯޓްތައް ގަނެގެން އެތަންތަނުން ރަނގަޅު ފައިދާއެއް ހޯދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ޓޫރިޒަމްގެ މާކެޓްގައި އިންވެސްޓް ކުރަން ރާއްޖެއަކީ ހަމަ އެންމެ ރަނގަޅުތަން. އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އިންވެސްޓަރުން ކަޅިއަޅާ އެއް ގައުމު،" އެރިކަން ވިދާޅުވެފައިވެ އެވެ.

ޖޯންސް ލޭންގް ލަސެސްއިން އޭޝިޔާ ސަރަހައްދުގައި ހުންނަވާ ސީއީއޯ ސްކޮޓް ހެތެރިންގްޓަން ވިދާޅުވީ މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ގްރޫޕުގެ އިރުޝާދާ އެކު ރާއްޖޭގައި ކުރެވުނު މިފަދަ ހަތަރު ވަނަ މުއާމަލާތްތައް ކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެފަދަ ހަ ވަނަ މުއާމަލާތެއް ހިންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓް ގަތުމަށް މިދިޔަ ދެ އަހަރުގެ ތެރޭގައި 350 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަން މި ސަރަހައްދުގައި އަޅުގަނޑުމެން އިސްނަގައިގެން ވަނީ ކުރެވިފައި،" ސްކޮޓް ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ސިންގަޕޫރުގެ ހޮސްޕިޓޭލިޓީ ގުރޫޕެއް ކަމަށްވާ ސީޑީއެލް އިން ވަނީ އަންގްސާނާ ވެލާވަރު ރިސޯޓް 71 މިލިއަން ޑޮލަރަށް ގަނެފަ އެވެ. ސޮނޭވާ ގްރޫޕުން ހިންގި ސޮނެވާގިލި )ލަންކަންފުށި(، އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓްސްއިން ގަނެފައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް