ފަހުގެ ޚަބަރު


އިތުރަށް...

ލ. ފޮނަދޫން ޕީޕީއެމްގެ އިސް ބައެއް ފަރާތްތައް އެމްޑީޕީއަށް ސޮއިކޮށްފި

ލިޔުނީ: Unknown - Friday, September 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫން އެމްޑީޕީއާއި ގުޅުނު ބައެއް މީހުންނާ މަރިޔާ ސަލާމްކުރައްވަނީ - ފޮޓޯ: އެމް.އެފް
ލ. ފޮނަދޫން ޕީޕީއެމްގެ އިސް ބައެއް ފަރާތްތައް ރޭގެ ވަގުތެއްގައި އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އެގޮތުން ފޮނަދޫ ޕީޕީއެމް ޒުވާނުންގެ ގޮފީގެ އިސްފަރާތެއްކަމަށްވާ އިބްރާހިމް މޫސާ ހިމެނެއެވެ.
ފޮނަދޫން އެމްޑީޕީއާއި ގުޅުނު ބައެއް މީހުންނާ އެކު މަރިޔާ  - ފޮޓޯ: އެމް.އެފް
ރިޔާސީ އިންތިޚާޞުގެ ފުރަތަމަ ބުރުން އެމްޑީޕީއަށް ރާއްޖޭގެ ރައްޔިތުންގެ ތާއިދު ފުރިހަމައަށް ލިބިފައިވާކަން ހާމަވިފަހުން ގިނަބަޔަކު އަންނަނީ އެ ޕާޓީއާއި ގުޅެމުންނެވެ. ޚާއްޞަގޮތެއްގައި މިހާރު ލ. އަތޮޅަށް ވަޑައިގެން އުޅުއްވާ ލާމު ކެމްޕޭން ކޯޑިނޭޓަރ މާރިޔާ ގެ ކުރިފުޅުމަތީގައި ގިނަބަޔަކު އަންނަނީ އެމްޑީޕީއަށް ސޮއިކުރަމުންނެވެ.
މާމެންދޫ ކައުންސިލް މެންބަރު ، މާރިޔާ އާއި އެކު  - ފޮޓޯ: އެމް.އެފް
ލ. މާމެންދޫ ކައުންސިލް މެންބަރަކުވެސް އިއްޔެވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. ލ. މާމެންދޫ ކައުންސިލް މެންބަރު ހަމީދަކީ ޑީއާރްޕީ ޓިކެޓްގައި ކައުންސިލަށް ހޮވުނު ބޭފުޅެކެވެ. އަދި ދާދިފަހުން ޖުމްހޫރީ ޕާޓިއަށްވެސް ސޮއިކުރެއްވި ބޭފުޅެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް