ފަހުގެ ޚަބަރު


އިތުރަށް...

މާހިންނަ ކޮޅިކެރަން ޖަގަހަ މާރިޔާ ހުޅުއްވައިދެއްވައިފި

ލިޔުނީ: Unknown - Saturday, September 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދުން މިދިޔަ ހަފުތާގައި އެމްޑީޕީ އާއި ގުޅުނު ފަރާތްތަކާއި އެ ސަރަޙައްދުގެ އެމްޑީޕީ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް ތައްޔާރުކުރި ޖަގަހަ "މާހިންނަ ކޮޅިކެރަން ޖަގަހަ' އިއްޔެ ހަވީރު ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ އެމްޑީޕީ ލ. އަތޮޅުގެ ކެމްޕޭން ކޯޑިނޭޓަރ މާރިޔާ އަޙްމަދު ދީދީއެވެ.
މުޅިން ތަފާތު ސްޓައިލަކަށް އައު ރަހަ ތަކަކާއިއެކު ހުޅުވި މި ޖަގަހައިން ތަފާތު ކަންތައްތަކެއް ފެނިގެން ގޮސްފައިވެއެވެ. ގިނަ އެމްޑީޕީ މެންބަރުންތަކެއް އެއްވި މި ރަސްމިއްޔާތުގައި އެމްޑީޕީއާއި ބައެއް ފަރާތްތަކުން ގުޅިފައިވެއެވެ.
ކޮޅިކެރަން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ ލ. ފޮނަދޫ ން ޖުމްހޫރީ ޕާޓީއާއި މީގެ ދުވަސްކޮޅެއް ކުރިން ގުޅުނު ކުރީގެ ޕީޕީއެމް މެންބަރެއް ކަމަށްވާ ހަސަން ޚަލީލް އެމްޑީޕީއަށް ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ހަސަން ޚަލީލް ބުނެފައިވަނީ 'ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް ގޮސް ރައީސް ނަޝީދަށް އިންތިޚާބު ކާޟިޔާބު ކޮށްދިނުމަށް ކުރެވުނު ހުރިހައި މަސައްކަތެއް ކުރާނެ ކަމަށެވެ.'
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް