ފަހުގެ ޚަބަރު


އިތުރަށް...

އަޅުގަނޑަށް މިއަދު ހެނދުނު އަޖައިބެއް ފެނިއްޖެ – ދިޔާނާ ސަޢީދު

ލިޔުނީ: Unknown - Tuesday, September 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ސީރިއަށް އަނިޔާތަކެއްވެ އެޑްމިޓްކުރިވާހަކަ ބައެއް މީޑިއާތަކުން ދެއްކިނަމަވެސް ޖެހިގެން އައިދުވަހު ހެނދުނު މަޖިލީހުގައި ހުންނެވުމުން އެކަން 'އަޖައިބެއް' ނުވަތަ 'މިރޭކަލް' އެއްގެ ގޮތުގައި ރައީސް ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ސިފަކުރައްވައިފިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވަނީ އެކަމަނާގެ ފޭސްބްކް ސްޓެޓަސްގައި އިއްޔެ ހެނދުނުއެވެ. ދިޔާނާ ވިދާޅުވީ 'އަޅުގަނޑަށް މިއަދު ހެނދުނު އަޖައިބެއް (މިރޭކަލްއެއް) ފެނިއްޖެ. ޕީޕީއެމްގެ ނައިބު ޒަޢީމް އަދި ޕާލިމެންޓަރީ ގްރޫޕުގެ މެންބަރު ޢަބްދުއްރަހީމް، ރިޕޯޓްތައް ބުނާގޮތުން (ސަން އެމްވީ، ދިޓީވީ، ވީޓީވީ) އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ވަރަށް ބޮޑަށް އަނިޔާލިބި ރޭ އެބޭފުޅާ ވަނީ އެމްބިއުލާންސްގައި ވަރަށް އަވަހަށް (އިމަޖެންސީކޮށް) ހޮސްޕިޓަލަށް ގެންގޮސް، އޮކްސިޖަން ގުޅާފަ. އަދި އެބޭފުޅާގެ ފުރާނަ ހަމަ ކިރިޔަކިރިޔާ ވާވަރު ވެފައިވިޔަސް މިއަދު ހެނދުނު މަޖިލީހުގައި ނުހަނު ހެޔޮ ހާލުގައި ފިޓްކޮށް މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގައި ރައީސާ ދިމާއަށް ބާރަށް ހަޅޭއްލަވަން ހުންނެވި.'

 ދިޔާނާ މިހެންވިދާޅުވެފައި ވާއިރު އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ނުހަނު ހެޔޮ ހާލުގައި ޢަބްދުއްރަޙީމް ޢަބްދުﷲ ހުންނެވުމުން ގިނަބަޔަކުވަނީ އަދުރޭ 'ފޭކް' ޖެއްސެވީކަމަށް ވިދާޅުވެފައެވެ. ލ. ފޮނަދޫން ޕީޕީއެމްއަށް ތާއިދުކުރާ އަދި ފޮނަދޫ ދައިރާގެ ކަންކަމުގައި އަދުރޭ އިހުމާލުވެފައިވާކަމަށް ޤަބޫލުކުރާ މީހަކުބުނީ އަދުރޭ އޮތްގޮތުން ފޮޓޯއަށް ބަލައިލި ކޮންމެ މީހަކަށްވެސް އޭނާ ފޭކް ޖެއްސިކަން އެނގޭނެ ކަމަށެވެ. އަދި ދިޓީވީ އާއި ވީޓީވީން އެޑިޓްކޮށްގެން އެހާގިނައިން އަދުރޭއަށް ހަމަލާދިން ކަމަށް ބުނާ ވީޑިއޯކޮޅު ދެއްކިނަމަވެސް އެ ވީޑިއޯ ބަލައިލުމުންވެސް އަނިޔާއެއް ނުވާކަން އެނގޭކަމަށް އެމީހާ ބުންޏެވެ.

ބައެއް މީހުން ބުނާގޮތުން ކުރީދުވަހު ޖަލްސާގައި މަޖިލީސް ރައީސްގެ މަންމާފުޅާ ނިސްބަތްކޮށް އަވަގުރާ ގޮވިފައިވާތީ އެކަމުގެ ވާހަކަތައް އޮއްބާލުމަށް އަދުރޭ މިފަދަ ގޭމެއް ޖެއްސީކަމަށް ބެލެވޭ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް