ފަހުގެ ޚަބަރު


އިތުރަށް...

ޝާހިދާ ދިމާލަށް އެއްޗެހި ކީ ގަސްތުގައި – އަދުރޭ

ލިޔުނީ: Unknown - Wednesday, September 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަޖިލީސް ރައީސް އަބްދުﷲ ޝާހިދުގެ މަންމައަށް ނިސްބަތް ކޮށް ބުނި ހުތުރު ބަސް ތަކަކީ ގަސްތުގައި ބުނި ބަސްތަކެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމާއި އެމްޑީއޭއިން ގުޅިގެން ބޭއްވި ‘އެންމެން ގުޅިގެން’ ރެލީގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަބްދުﷲ ޝާހިދަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އަކީ އޮޅިގެން ބުނި އެއްޗެއް ނޫން ކަމަށާއި ‘ހަމަ ގަސްތުގައި އިނގި ހުރެ’ ބުނި އެއްޗެއްކަމަށެވެ.

އެމްޑީޕީއިން ކިތަންމެ ރުޅިއަޔަސް ޝާހީދު ގާނޫނާ ހިލާފަށް މަޖިލީހުގައި ކުރިއަށް ގެންދާ ކޮންމެ ޖަލްސާއެއް ހުއްޓުވާނެ ކަމަށްވެސް އަބްދުއްރަހީމް ހާމަކުރެއްވިއެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވީނަމަވެސް ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރިއަކަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ އަމަލުތައް މިހާރު ހުންނަގޮތުން އެ ޕާޓީއަށް 95000 ވޯޓު ނުލިބޭކަމަށް ޔަގީން ވާ ކަމަށް އަދުރޭ ހާމަކުރެއްވިއެވެ. 95000 ވޯޓު އޮތް ނަމަ މަޖިލީހުގައި އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށާއި މަގުތައްމައްޗަށް ނުނިކުންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ނިޔާއަކީ އެންމެ ފަހުގެ ނިޔާކަމަށާއި އެ ނިންމުމަށް ޗެލެންޖު ކުރައްވަން ނޫޅުމަށް އަދުރޭ ޝާހިދަށް ގޮވާލިއެވެ. އަދި އެ ނިންމުމަށް ތަބާ ނުވެއްޖެނމަ މިގައުމުގެ އަމާންކަމާއި ސުލްހަވެރިކަން ހިނގައިދާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އިލެކްޝަން ކޮމިޝަނުން ބޭނުންވާހާ ކުޅިއެއް ކުޅެން މި ފަސްގަނޑުން ޖާގަ ނުދޭނެކަމަށްވެސް ރޭގެ ޖަލްސާގައި އަދުރޭ ވަނީ ހާމަކުރައްވާފައެވެ.

ޢަބްދުއްރަހީމް ވަނީ ފޮނަދޫ ދާއިރާގެ ނަން ހުތުރުކޮށް އެ ދާއިރާގެ މެންބަރުންގެ އަބުރާއި ޝަރަފު ވެއްޔާ މޮޑެވޭފަދަ ބޭ އަދަބީ ބަސްތަކެއް މަޖިލީހުގައި ޝާހިދަށް ގޮވާފައެވެ. އަދި މިކަމަކީ އެއްގޮތަކަށްވެސް ފޮނަދޫ ދާއިރާގެ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް