ފަހުގެ ޚަބަރު


އިތުރަށް...

ސެންޓްރަލް އޭރިއާގެ އެކްޓިންގ ކޮމާންޑަރ ލ.އަތޮޅުގެ ދެރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާ ބައްދަލު ކުރައްވައިފި

ލިޔުނީ: Unknown - Saturday, September 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެކްޓިންގ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފް ލ.އަތޮޅު އިސްދޫއަށާއި ލ.އަތޮޅު ދަނބިދޫއަށް ޒިޔާރަތްކުރައްވައި އެދެރަށުގެ ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިދެރަށުގެ ތެރެއިން، އިސްދޫއަށް ކުރެއްވި ޒިޔާތަރުގައި އިސްދޫ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި، ސެންޓްރަލް އޭރިއާގެ ފަރާތުން ފޯރުކޮށްދެވެންހުރި އެހީތެރިކަމާބެހޭ ގޮތުންނާއި، މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމާއި ބެހޭ ގޮތުންނާއި، ފަޔަރ އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމާބެހޭ ގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އިސްދޫގެ ދެސްކޫލްކަމަށްވާ ކަޅައިދޫ ސްކޫލާއި އިސްދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި ކެޑޭޓް ޙަރަކާތްތައް ހިންގުމަށް ވެދެވެންހުރި އެހީތެރިކަމާބެހޭގޮތުން އެދެސްކޫލުގެ މެނޭޖްމަންޓާއެކު މަޝްވަރާ ކުރައްވާފައިވާކަމަށްވެސް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއްވައެވެ.

އަދި މީގެ އިތުރުން، ލ.ދަނބިދޫއަށް ކުރެއްވި ޒިޔާރަތުގައި ދަނބިދޫ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި، ސެންޓްރަލް އޭރިއާގެ ފަރާތުން ވެދެވެންހުރި އެހީތެރިކަމާބެހޭ ގޮތުންނާއި ފަޔަރ އެވެއަރނަސް ޕްރޮގްރާމްތަކާއި، މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، ދަނބިދޫ ސްކޫލަށް ޒިޔާރަތް ކުރައްވާ އެސްކޫލުގެ މެނޭޖްމަންޓްގެ ބޭފުޅުންނާވެސްވަނީ ބައްދަލު ކުރައްވާފައެވެ.

ސެންޓްރަލް އޭރިއާގެ އެކްޓިންގ ކޮމާންޑަރ، އެއޭރިއާގެ ރަށްތަކަށް ފައްޓަވާފައިވާ މިދަތުރުފުޅުގައި މިއަދު ދެރަށަކަށް ޒިޔާރަތް ކުރައްވާފައިވާއިރު، އެއޭރިއާގެ އެހެން ރަށްތަކަށް ޒިޔާރަތްކުރައްވައި، އެރަށްރަށަށް ސެންޓްރަލް އޭރިއާގެ ފަރާތުން ފޯރުކޮށްދެވެންހުރި އެހީތެރިކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމުގައި ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް