ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅާއި މުޅި ރާއްޖޭގައި ރައީސް މައުމޫނަށް އޮތް ތާޢީދު ކުޑަވެއްޖެ

ލިޔުނީ: Unknown - Sunday, September 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި މައުމޫން އަބްދުލް ޤައްޔޫމަށް އޮތް ތާޢީދު ލ. އަތޮޅާއި މުޅި ރާއްޖެއިން ކުޑަވެއްޖެކަން އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުން ދައްކައިފިއެވެ.

ޚާއްޞަގޮތެއްގައި ސިޔާސީ މައިދާނުގައި ލ. އަތޮޅުގެ ނަންގަނެވޭ ކޮންމެ ފަހަރަކު ތިޔައީ މަޢުމޫނުގެ ތަނެކޭ ނުވަތަ ޕީޕީއެމްގެ ތަނެކޭ ބުނަމުން އައި ބުނުމަށް ނިމުމެއް އަތުވެއްޖެކަން އިއްޔެ ނިމިދިޔަ އިންތިޚާބުން ވަރަށް ރަނގަޅަށް ސާފުވެއެވެ. އަދި ކުރިން އެމްޑީޕީއަށް ތާއިދުކުޑަ ތަނެއްގެ ގޮތުގައި ކުރެވިފައިވާ ލޭބަލްވެސް ނެއްޓިއްޖެކަން އެނގިގެން ހިނގައްޖެއެވެ. މިހާރު ލ. އަތޮޅަކީ ވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އަތޮޅެއްކަން އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައެވެ.
 
ރައީސް މައުމޫނަކީ އެމަނިކުފާނު ރައްޖޭގައި ވެރިކަން ކުރެއްވި ދިގު 30 އަހަރުގައި ރާއްޖޭގައި ބޭއްވުނު ހުރިހާ ރިޔާސީ އިންތިހާބެއްވެސް 90 އިންސައްތައަށްވުރެ ބޮޑު ތާޢީދަކާ އެކު ކާމިޔާބު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު 2008 ވަނަ އަހަރުގެ އިންތިހާބަށް ނިކުންނެވިއިރުވެސް ފުރަތަމަ ބުރުން އެކަނިވެސް އެމަނިކުފާނު ވަނީ 71،731 ވޯޓު ހޯއްދަވާފައެވެ. މިއީ އެއީ އިންތިހާބުގައި ވޯޓު ދިން 177،802 ރައްޔިތުންގެ 40.63 އިންސައްތައެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 82،121 ވޯޓު ހޯއްދަވާފައެވެ. އެއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިން 181،204 މީހުންގެ 45.79 އިންސައްތައެވެ.

2008 ވަނަ އަހަރުގެ އިންތިހާބުން ނާކާމިޔާބު ވެވަޑައިތް ރައީސް މައުމޫން އަކީ މިއަހަރުގެ އިންތިހާބާ ހަމަޔަށްވެސް މިރާއްޖޭގައި އެއް ބޭފުޅަކަށް އެންމެ ބޮޑު ތާޢީދު އޮތް ބޭފުޅާކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ. އެހެން ނަމަވެސް އިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް މައުމޫންގެ ތާޢީދު މިވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް މައުމޫނަށް ތާޢީދުކުރައްވާ ފަރާތްތަކުން ވޯޓު ދެއްވުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިލެއްވި ނަމަވެސް ޔާމީނަށް ލިބިވަޑައިގަތީ 53،099 ވޯޓެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އަބްދުﷲ ޔާމީނަށް ތާޢީދު ކުރާ ފަރާތްތަކާއި ރައީސް މައުމޫނަށް ތާޢީދުކުރާ ފަރާތްތައް އެއްކޮށްލައިގެން ޔާމީނަށް ލިބުނު ވޯޓުގެ އަދަދެވެ. އެއީ ވޯޓު ލި 211،890ގެ ތެރެއިން 25.35 އިންސައްތަ މީހުންގެ ވޯޓެވެ.
އިއްޔެ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގެ ރައްޔިތުން އެންމެ ތާޢީދުކުރާ ފަރާތް މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. ވޯޓުގެ ނަތީޖާއަށް ބަލާއިރު ރައީސް މައުމޫންގެ ތާޢީދު ވަރަށް ބޮޑަށް ވެއްޓިއްޖެކަން ދޭހަވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް