ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ

ލިޔުނީ: Unknown - Friday, September 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ޑީއާރުޕީން އެމްޑީޕީއަށް ތާއީދު ކުރުމަށް ނިންމުމަށްފަހު އެމްޑީޕީން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ވަރަށް ހާއްސަ ޖަލްސާއެއް މިރޭ 9 ޖަހާއިރު ކާނިވާ ސަރަހައްދުގައި އޮންނާނެކަމަށާއި މި ޖަލްސާގައި އެ ޕާޓީއަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު އަރުވާކަމަށެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ އޮންނާނެކަމަށް އެ ޕާޓީން ބުނެފައިވާއިރު، ކުރިއަށް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރުމަށް ޑީއާރުޕީގެ ކައުންސިލްގެ އަގުލަބިއްޔަތުން އިއްޔެ ވަނީ ނިންމާފައެވެ. އަދި އެމްޑީޕީން ވަނީ ޑީއާރުޕީގެ ނިންމުމަށް ޝުކުރުއަދާކޮށް މަރުހަބާ ކިޔާފައެވެ.

އެމްޑީޕީން ބުނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ތާއީދުކުރަން ޑީއާރުޕީން ނިންމިކަމީ ދިވެހިރާއްޖޭގައި އުފެދި އަށަގަންނަމުން އަންނަ ޑިމޮކްރަސީއަށް ލިބުނު އާ ހިތްވަރެއްކަމަށެވެ. އަދި އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުންކަމަށެވެ.

ޑީއާރުޕީއަށް މަރުހަބާ ދަންނަވައި އެމްޑީޕީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޕަޓީން ކުރަމުން އަންނަ މަސައްކަތުގައި ދިވެހިރާއްޖެ ތަރައްޤީކުރުމަށާއި ބާރަށް ކުރިއަށް ގެންދިއުމަށް ޑީއާރޕީން ކަމަރު ބަނދެގެން ތިބި ކަމީ ރާއްޖޭގެ ރައްޔިތުންވެސް އުފަލާއެކު ބަލައިގަންނަ ކަމެކެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން 95000 އަށްވުރެ ގިނަ ވޯޓު އެމްޑިޕީއަށް ލިބިފައިވާއިރު އެމްޑީޕީން ރައްޔިތުންނަށް ހުށަހަޅައިފައިވާ މެނިސްފެސްޓޯއަކީ ހިސާބުކުރެވި ބަޖެޓް ކުރެވިފައިވާ މެނިފެސްޓޯއެކެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ކުރިއަށް އޮތް ފަސް އަހަރު ދައުލަތުގެ އާމްދަނީ 72 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް އެމްޑީޕީން ވައުދުވެއެވެ. އަދި ޒުވާނުންނަށް ޚާއްސަކޮށްގެން 51،000 ވަޒީފާ އުފައްދާނެކަމަށާއި ދައުލަތުގެ ދަރަނި އަދާކުރުމަށް 16 ބިލިއަން ރުފިޔާ ޚަރަދުކުރާނެކަމަށް އެމްޑީޕީން ވަނީ ވައުދުވެފައެވެ. މީގެއިތުރުން ހުރިހާ ދިވެހި ރައްޔިތުންނަކީވެސް ހަލާލު މަސައްކަތުން ކައިބޮއެ އުޅޭ ތަނަވަސް ބަޔަކަށް ހަދާނެކަމަށްވެސް އެމްޑީޕީން ވަނީ ވައުދުވެފައެވެ.

ބޭސް ފަރުވާއަށް ސަލާން ޖެހުން ނައްތާލައި ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމްއަކުން ގުޅުވާލައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޓާޝަރީ ފެންވަރުންގެ ތިން ހޮސްޕިޓަލް ޤާއިމް ކުރާނެކަމަށްވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް