ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބުގެ ނަތީޖާ ގާސިމް ގަބޫލުނުކުރެއްވީ ކީއްވެތޯ ސުވާލުކުރުމުން ގާސިމް ކޯފާ އިސްކުރައްވައި ޕްރެސްކޮންފަރެންސް މެދުކަނޑާލައިފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް  އެ ނަތީޖާ ގާސިމް އިބުރާހިމް ގަބޫލުކުރައްވާނެކަމަށް ވިދާޅުވެ އިންތިހާބުން ބަލިވެ ވަޑައިގަތުމުން އިންތިހާބު ނަތީޖާ ގަބޫލު ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރެއްވުމުން އެހެން ވިދާޅުނުވާކަމަށް ވިދާޅުވެ ކޯފާއިސްކުރައްވައި ޕްރެސްކޮންފަރެސް ހުއްޓާލުމަށް ގާސިމް އަމުރު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބުލީޑަރު އަހުމަދު އިލްހާމް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، މިގޮތަށް ސުވާލުކުރުމުން، ގާސިމް އިބްރާހިމް ވަނީ އޭނާގެ ކޮޓަރިކޮޅުގައި އިންނެވުމަށްފަހު ނުކުމެވަޑައިގެން، އިލްހާމުގެ ވާހަކަ ފުޅު މެދުކަނޑާލެއްވުމަށްފަހު "ތީކާކު ބުނިއެއްޗެއް؟" މިހެން ސުވާލުކުރެއްވުމަށް މީޑިއާތަކަށް ވަނީ އެ ޕްރެސްކޮންފަރެސް ރިކޯޑުކުރުން ހުއްޓާލުމަށް އަންގަވާފަ އެވެ.

"މެދުކަނޑާލަ. ކަނޑާލަ. ކާކުކުރި ސުވާލަކަށް ތިހެން ބުނީ؟" ގާސިމް އިބުރާހިމް މިހެން ވިދާޅުވުމުން، ގާސިމް އިބުރާހިމްގެ ސެކިއުރިޓީ ގާޑަކު ވަނީ ކެމެރާތަކުގެ ކުރިމައްޗަށް އަރައި އެ މަންޒަރު ވީޑިއޯކޮށް ފޮޓޯނެގުމަށް ވެސް ހުރަސް އަޅާފަ އެވެ. އަދި ބައެއް ނޫސްވެރިންގެ ރިކޯޑުކުރުން ވެސް ހުއްޓާލުމަށް ވެސް ގާސިމްގެ ސެކިއުރިޓީ ގާޑުން ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އަދި ޕްރެސްކޮންފަރެންސް ނިންމާލުމަށްފަހު "ކާލޭމެންނޭ" ކިޔާ އިލްހާމު ވެސް ވަނީ ނޫސްވެރިންނާއި، އެންމެ އެކަށީގެން ނުވާފަދަ ބަހުރުވައިން މުހާތަބު ކުރައްވާފަ އެވެ.

މިއަދުގެ ޕްރެސްކޮންފަރެންސްގައި މުހެން ކަންތައްތައް ވީނަމަވެސް، ޓީވީއެމްގެ ސިޔާސަތު ޕްރޮގުރާމުގައި ގާސިމް ވިދާޅުވެފައިވަނީ "އިންތިހާބުން ބަލި" ވެއްޖެނަމަ އެކަން ގަބޫލުކުރައްވާނެ ކަމަށެވެ. އަދި ގާސިމް އެހެން ވިދާޅުވިކަމަށް އުމަރު ނަސީރު ވެސް ވަނީ އެއްބަސްވެ ލައްވާފަ އެވެ.

ޓީވީއެމްގެ ސިޔާސަތު ޕްރޮގުރާމުގައި ވެސް ގާސިމް ވަނީ ޓީވީއެމްގެ ޕްރެޒެންޓަކަށް އޭނާއާ ދިމާލަށް "އިނގިލި" ދިއްނުކުރެވޭނެ ކަމަށާއި، "ބޭނުންހާގޮތަކަށް" ސުވާލުނުކުރެވޭނެކަމަށް ބުނެ ޓީވީއެމްގެ ޕްރެޒެންޓަރަށް ވެސް އިންޒާރު ދެއްވާފަ އެވެ. އަދި ޓީވީއެމް ބޮއިކޮޓް ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ، އިލްހާމް ވަނީ، ދައުލަތުގެ މީޑިއާ "ޓީވީއެމް" އަށް އިންޒާރު ދެއްވާފަ އެވެ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް