ފަހުގެ ޚަބަރު


އިތުރަށް...

ޤައުމީ މަޖިލިހާއި މެންބަރުންގެ ރޫޙާއި އެއްގޮތަށް އިންސާފު ލިބެންދެން މަގުމަތީ މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި

ލިޔުނީ: Unknown - Monday, September 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސުޕްރީމް ކޯޓުން މިއަދު ހަތަރު ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އެކަމާއި ދެކޮޅަށް އިޙްތިޖާޖް ކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.

އިންތިޚާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާއި ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހުން
މާލޭ ސިޓީ ހޯލްގައި މިރޭ ބޭއްވި ގައުމީ މަޖިލިހުގެ ކުއްލި ބައްދަލުވުމުގައި އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ފާސްވީ ހާޒިރުވި 56 މެމްބަރުންގެ އިއްތިފާގުން ކަމަށް، ރިޔާސަތު ބެލެހެއްޓެވި ޗެއާޕާސަން ރީކޯ މޫސާ މަނިކު އިއުލާންކުރެއްވި އެވެ.

ޤައުމީ މަޖިލީހުގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުން ގޮވާލާފައިވަނީ އިންތިޚާބު ބާއްވާނެ ތާރީޚެއް ލިބެންދެން މަގުމައްޗަށް ނިކުމެ އިޙްތިޖާޖް ކުރުމަށެވެ.

މިރޭގެ މިބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވަނީ އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ގޮވާލައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ނިންމުން ތަންފީޒްކުރަންޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 95،000 އަށް ވުރެ ގިނަ ވޯޓުން އެއް ވަނަ އަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު ވިދާޅުވީ ސުލްހަވެރި ހަރަކާތްތައް ހިންގުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށާއި އެކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން އެމްޑީޕީގެ އެ ހަރަކާތަށް ހުރަސް ނޭޅުއްވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.

 އަންނަ މަހުގެ ދިހައެއްގެ ކުރިން އިންތިޚާބު ބާއްވާނެކަމުގެ ޔަޤީންކަން ދެއްވަންދެން މުޒާހަރާކުރުމަށް ގޮވާލާކަމަށް އަލްހާން ފަހުމީ ވިދާޅުވިއެވެ. "ބާރަށް ނިކުމެ ނިމުމެށް އަންނަންދެން މުޒާހަރާ ކުރަން ގޮވާލަން" އަލްހާން ވިދާޅުވިއެވެ.

އިންތިޚާބު ފަސް ކުރުމަށް ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ މައްޗަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ."
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް