ފަހުގެ ޚަބަރު


އިތުރަށް...

ނަޝީދުގެ ވެރިކަން ވައްޓާލުމުގެ އެއްބަސްވުން ލީކް ކޮށްލައިފި

ލިޔުނީ: Unknown - Monday, September 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މުހައްމަދު ނަޝީދުގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ރާއްޖޭގެ 6 ސިޔާސީ ޕާޓީއަކާއި 'މަދަނީ އިއްތިހާދާއި' ވެފައިވާ އެއްބަސްވުން ރާއްޖެޓީވީއަށް ލިބިއްޖެއެވެ.

މިއެއްބަސްވުމަކީ 24 ފެބްރުއަރީ 2012 ވަނަ ދުވަހުގައި ބޭއްވުމަށް ރާވާފައިވާ މަހާސިންތާއާއި ގުޅިގެން އެކުވެރި ސިޔާސީ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންކަމަށާއި، ވެރިކަމުން ގ.ކެނެރީގެ މުޙައްމަދު ނަޝީދު ވައްޓާލައި، ރާއްޖޭގެ ވެރިކަމަށް އެމްޑީޕީއަށް އަނބުރާ ނާދެވޭނެކަން ކަށަވަރުކުރުމަށް އެކުވެރި ސިޔާސީ ފަރާތްތަކުން އަމަލުކުރަން ނިންމާ އެއްބަސްވުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއެއްބަސްވުން ބަނދެވިފައިވަނީ 'އެކުވެރި ސިޔާސީ ފަރާތްތައް' ކަމަށް ބުނާ، ޕީޕީއެމާއި، މަދަނީ އިއްތިހާދާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީ، ދިވެހި ޤައުމީ ޕާޓީ، ޑީއާރްޕީ އަދި ޕީއޭގެ މެދުގައެވެ.

މިއެއްބަސްވުމުގައި 7 މާއްދާއެއް ބަޔާންކޮށްފައިވާއިރުގައި، ރައީސް ނަޝީދު ވެރިކަމުން ދުރުކުރުމަށް ކަންކުރަންވީގޮތް ވަރަށް ތަފްސީލްކޮށް ބުނެފައިވެއެވެ.

އެގޮތުން، 24 ފެބްރުއަރީ 2012 ވަނަ ދުވަހުގައި ބާއްވާ މަހާސިންތާއެއްގެ ޕްލޭނާއި، އެމްޑީޕީ ސަރުކާރުގެ ނާއިބް ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުގެ އެހީތެރިކަން ހޯދުމާއި، ވެރިކަން ބަދަލުކުރާނެ ގޮތާއި، ޖުމްހޫރީ މައިދާނަށް ދިޔުމާއި، ހަރުކަށިކަން ދެއްކުމާއި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، އެކުވެރި ފުލުހުން އަދި އެކުވެރި މިލިޓަރީގެ ފަރާތްތަކުގެ ރޯލް އަދާކުރުމާއި ދިޓީވީ، ދިއެފްއެމް އަދި ވީޓީވީ މެދުވެރިކޮށް ކުރިމަތިލުންތަކެއް ހިނގާކަމުގެ އަޑުފެތުރުމާއި ސިފައިންގެ އެހީތެރިކަން ހޯދުމުގެ ކަންކަން އެދުވަހުގައި ހިންގާނެ ގޮތުގެ ތަފްސީލް ވެއެވެ.

އަދި ވެރިކަމުގައި ހުރި މުހައްމަދު ނަޝީދު ހައްޔަރުކުރުމާއި، ނަޝީދުގެ ވެރިކަމަކީ ސައްހަ ވެރިކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމާނެކަމަށާއި، ނާއިބް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ވެރިކަމުގެ ހުވާ ކުރައްވާނެކަމުގެ ތަފްސީލްވެސް ހިމެނެއެވެ.

މީގެއިތުރުން އައު ކެބިނެޓާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނަށް ހަމަޖައްސާނެ ބޭފުޅުންނާއި، އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އުވާލުމުގެ މަސައްކަތުގެ ތަފްސީލްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

މިހުރިހާ ކަމަކަށް ބޭނުންވާނެ ފައިސާ ހޯދުމާއި، އަދި މިއެއްބަސްވުމާއި، މީގައި ރާވާފައިވާ ކަންކަން ސިއްރުކުރުމަށްވެސް މިއެއްބަސްވުމުގައި ސޮއިކޮށްފައިވާ 7 ފަރާތުގެ މެދުގައި، ސޮއިކުރެވި، ސީލްޖަހާފައިވާކަންވެސް މިއެއްބަސްވުމުން ފެނެއެވެ. 










ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް