ފަހުގެ ޚަބަރު


އިތުރަށް...

މަޢުމޫނު ފޮނުއްވެވި ޓްވިޓަރ މެސެޖަކަށް ރޮޒައިނާ ވަރުގަދަ ރައްދެއް ދެއްވައިފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދީނާއި ޤައުމަށްޓަކައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓުލާނެ ބަޔަކު ނެތްކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ދިވެހިރައްޔިތުންގެ ޕާޓީގެ ކައުންސިލް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފޮނުއްވި މެސެޖަކަށް ޖަވާބު ދެއްވަމުން ޓުވިޓާގައި ރޮޒެއިނާ ވިދާޅުވީ، ދީނާއި ޤައުމަށްޓަކައި ޔާމީން ފަހަތަށް ޖެހުމަށްފަހު ޤާސިމްއަށް ފުރުސަތު ދެއްވުމަށެވެ. އަދި ޔާމީނަށް ވޯޓު ދޭނެ ބަޔަކު ނެތްކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ރޮޒެއިނާއަށް މައުމޫން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، “އަޅުގަނޑުމެން ނިސްބަތްވާ ޕާޓީތައް ތަފާތުވިޔަސް މި ލޮބުވެތި ޤައުމާއި މާތްވި އިސްލާމް ދީނާއްޓަކާ މި ސެޕްޓެމްބަރު 28ގައި އޮންނަ ރިޔާސީ އިންތިހާބުގެ 2ވަނަ ބުރުގައި ތިޔަ ލޮބުވެތި ހުރިހާ އަޚުންނާއި އުހުތުން ޔާމީނަށް ވޯޓު ލެއްވުން ނުހަނު އިހުލާސްތެރިކަމާއެކު އެދެން” މިހެންނެވެ.

ޑީއާރުޕީން ކޯލިޝަން ހަދައިގެން ނިކުތް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންތިހާބުގައި ފެއިލްވުމާއި ގުޅިގެން އެޕާޓީގެ ގިނަ މެމްބަރުންތަކެއް ދަނީ ގުޅޭނެ އެހެން ޕާޓީއަކާ މެދު ވިސްނަމުންނެވެ. އެހެން ނަމަވެސް ޑީއާރުޕީގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް އިއްތިފާގު ވާގޮތުން ޔާމީނަށް ވޯޓު ދިނުމަކީ އެފަރާތްތަކުން ކުރާނެ ކަމެއް ނޫނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް