ފަހުގެ ޚަބަރު


އިތުރަށް...

ޑރ. މުޞްޠަފާ ލުޠުފީ ގެ 'ކެމްޕޭން' ވާހަކަ – އެލްއޭ ނިއުސްގެ ކިޔުންތެރިންނާ ހަމައަށް

ލިޔުނީ: Unknown - Friday, September 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބުގެ މި ދުވަސްވަރު، ޑރ. މުޞްޠަފާ ލުޠުފީ ކުޅަދާނަ ގަލަމުން ލިޔުއްވާފައިވާ ވާހަކައެއް ކަމަށްވާ 'ކެމްޕޭން' މި ވާހަކަ އެލްއޭ ނިއުސްގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ ޝަޢުޤު އުފެދުނީ މި ފުރިހަމަ، ރީތި ވާހަކަ ކިޔުމަށްފަހުގައެވެ.

މި ވާހަކަ މި ގެނެސްދެނީ ވާހަކައިގެ ލިޔުންތެރިޔާ ޑރ. މުޞްޠަފާ ލުޠުފީގެ ހުއްދައާއި އެކުގައެވެ.

'ކެމްޕޭން' މި ވާހަކައާއި މެދު ރާއްޖޭގައި އެންމެ ނަން ހިނގާ ލިޔުންތެރިންގެ ވިސްނުންފުޅު ހުރިގޮތް މި ފޮތުގައި ބަޔާންކޮށްފައި ވުމުން، ވާހަކަ ގެނެސްދޭން ފެށުމުގެކުރިން މި ދެންނެވި ބޭބޭފުޅުންގެ ވާހަކަތައް ހިމަނާލާނަމެވެ.

މުޙައްމަދު ވަޙީދު – މަޑުލު
ވަޞީލަތްތައް މަދުވަމުންދާ ދުނިޔެއެއްގައި ރާއްޖޭގެ ކަނޑުފަޅުތަކާއި ފަރުތަކުގެ ދިރުން ތަކަށް ދަހިވެތިވެދާނެ ބޭރުބަޔަކު އުޅެފާނެއެވެ. މުއްސަނދީން މުއްސަނދި ވުމަށްޓަކައި ނުކުރާނެކަމެއް މަދުވާނެއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އަންހެނުންނަށް ކުޅެވިދާނެ ރޯލު ވަރަށް ބޮޑެވެ.
މއިީ، މިހުރިހައި ކަމެއް ހިމެނިގެން ކިޑްނެޕް ކުރުމާއި، ސިޔާސީ ކޯޅުންތަކާއި، ރައްޔިތުންނާއި ވެރީންގެ ޝުޢޫރުތަކުގެ އޮއިވަރުގެ ބާރު ވަރަށް ގަދަ ވާހަކައެކެވެ.

އައިމިނަތު ޢަލީ
ޑރ. މުޞްޠަފާ ލުޠުފީ ލިޔުއްވާފައިވާ މި ވާހަކައަކީ، ވާހަކައިގެ ކޮންމެ ހާދިސާއެއްވެސް އެ ހާދިސާއަކާ ގުޅޭ އިހުސާސްތަކަކާއެކު ވަރަށް ފުރިހަމައަށް ސިފަކޮށްދެއްވާފައިވާ ވާހަކައެކެވެ. މި ފޮތަކީ، ރާއްޖޭގެ މިއަދުގެ ހަލަބޮލި މާހައުލާއިމެދު އިތުރަށް ވިސްނައި ފިކުރުކޮށް، އަދި އެކަންކަން ވަޒަންކޮށްލައްވަން ބޭނުންކުރެވިދާނެ ރަނގަޅު ޓޫލެކެވެ. މީގެ އިތުރުން އެކިއެކި ކަންކަމާއި ތަކެއްޗާ ގުޅޭ ޢިލްމީ މަޢުލޫމާތު ހިމަނުއްވާފައި ވާކަމީ މިފޮތަށް އިތުރު މުއްސަންދިކަމެއް ގެނެސްދީފައިވާ ކަމެކެވެ.

ޢަބްދުﷲ ޒަމީރު
'ކެމްޕޭން' މިއީ ވަރަށް އަސަރުގަދަ ވާހަކައެކެވެ. ލޯތްބާއި ކުލުނާއި ސިޔާސީ އިޖުތިމާޢީ ދިރިއުޅުން ވަރަށް ރަނގަޅަށް ދައްކުވައިދީފައި ވެއެވެ. ރާއްޖޭގެ ކުރިމަގަށް ފޯކަސް ކުރެވިފައިވާލެއް ރަނގަޅުކަމުން ވާހަކަ ކިޔައި ނިމުނުއިރުވެސް ފޫހި ނުވެއެވެ. ހީކުރެވުނީ ހަމަ ޙަޤީޤީ ކަންތައްތަކެއްގެ ތެރޭގައި އުޅެވެނީ ކަމަށެވެ. އެހާވެސް ވާހަކަ ޝަޢުޤުވެރިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް