ފަހުގެ ޚަބަރު


އިތުރަށް...

ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމްކޯޓުން އަމުރުކޮށްފި

ލިޔުނީ: Unknown - Monday, September 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަންނަ ހޮނިހިރު ދުވަހު، 28 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ރިޔާސީ އިންތިހާބްގެ ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރަކު އަމުރު ނެރުއްވައިފިއެވެ.

ސުޕްރީމްކޯޓުގެ ހަތަރު ފަނޑިޔާރެއް ނެރުއްވި މިއަމުރުގައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެއްސި އިންތިހާބް ފަސްކުރުމަށެވެ.

"...މި މައްސަލައިގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ މައްޗަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
 
އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާކަމަށެވެ.

މިއަމުރު ނެރުނީ ފަނޑިޔާރު އަލީ ހަމީދާއި އަބްދުﷲ ސައީދާއި އާދަމް މުޙައްދާއި އަޙްމަދު އަބްދުﷲ ދީދީއެވެ.  

މި އަމުރުގައި ބުނެފައިވަނީ މި އަމުރު ނެރުނީ "ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށާއި މި ބާވަތުގެ މައްސަލަތަކުގައި އަމުރު ނެރެން ޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި މި މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށް ފަހު" އެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރުގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލަ ބަލާ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގ ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.

ސްޕްރީމް ކޯޓަށް މަހުޖަނު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ ސެޕްޓެމްބަރު 07 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށް އަލުން އިންތިހާބު ބާއްވައި ދިނުމަށެވެ.

ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައަށް ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ވަނީ ތަދައްހުލުވެ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކޮށްދިނުމަށް އެދިފައެވެ.

އަދި ޕީޕީއެމުންވެސް ވަނީ މި މައްސަލައިގެން ތެރެއަށް ތަދައްހުލްވެ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކޮށްދިނުމަށް އެދިފައިވެއެވެ. 

  
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް