ފަހުގެ ޚަބަރު


އިތުރަށް...

ފަނޑިޔާރުންނަކީ ރައްޔިތުންގެ ޤަދަރުލިބޭ އިންސާފުވެރި ތަނަކަށް ހަދާނަން : އެމްޑީޕީ

ލިޔުނީ: Unknown - Friday, September 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބޭ ހިދުމަތްތެރި ބަޔަކަށް ހަދާ ފަނޑިޔާރުންނަކީ ރައްޔިތުންގެ ޤަދަރު ލިބޭ އިންސާފުވެރި ތަނަކަށް ހައްދަވާނެ ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ކަންކަމާއި އެމްޑީޕީގެ ވެރިކަމެއްގައި ކުރިއަށް އޮތް ފަސް އަހަރު ކުރަން ކަނޑައަޅާފައިވާ ކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރާޒީ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތައާރަފްކުރި ޓެކްސްގެ ނިޒާމް މުޅިން ފުރިހަމަ ނުވާ ކަމަށާއި އެމްޑީޕީގެ ކުރިއަށް އޮތް ފަސް އަހަރުގެ ވެރިކަމުގައި ޓެކްސްގެ ނިޒާމް ފުރިހަމަކޮށް މުއްސަނދިންގެ އަތުން ޓެކްސް ނަގާނެ ކަމަށެވެ. އަދި އަހަރަކު ލިބޭ އާމުދަނީ 14 ބިލިއަން ރުފިޔާއަށް ހެދިދާނެ ކަމަށެވެ.

އެމްޑީޕީން ކުރިއަށް އޮތް ފަސް އަހަރު ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ މެނިފެސްޓޯއާއި ގުޅޭގޮތުން ވާހަކަފުޅު ދަށްކަވަމުން ރާޒީ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި 18 މަސްދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ތިން ހޮސްޕިޓަލް ތިން ރަށެއްގައި ޤާއިމްކޮށްދެއްވާނެ ކަމަށާއި ބޮޑެތި ބަލިތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތް ހަދައިދީ އާސަންދަ އިޔާދަކުރައްވާނެ ކަމަށެވެ.

އެމްޑީޕީން 8000 ގެދޮރު ބިނާ ކުރުމަށް ކޮންޓްރެކްޓް ކުރެވި އޭގެ ތެރެއިން 2000 ފްލެޓް އިމާރާތް ކުރަން ފެށިފައިވާކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ބައެއް ފްލެޓްތައް ނިމިފައިވާ ކަމަށާއި ފްލެޓްތައް ނާއިންސާފުން ބަހާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ކުރިއަށް އޮތް ފަސް އަހަރު 20000 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި އަތްނުފޯރާ ފަރާތްތަކަށް ހައުސިން ސަބްސިޓީޒް ދިނުމާއި އިމާރާތް ކުރުމަށް ބޭނުންވާ މާލީ އެހީ އިންޓްރެސްޓް ކުޑަކޮށް ފޯރުކޮށްދޭނެ ކަމަށްވެސް ރާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި 55 ރަށުގެ ބަނދަރު ހެދިފައިވާ ކަން ފާހަގަކުރައްވާ 17 ރަށުގެ ނަރުދަމާގެ މަސައްކަތާއި ހަ ރަށަށް ސާފު ބޯފެން ލިބޭނެ ގޮތް ހެދުމުގެ އިތުރުން 40 އަށްވުރެ ގިނަ މިސްކިތް އެމްޑީޕީގެ ވެރިކަމުގައި އިމާރާތްކުރަން ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް