ފަހުގެ ޚަބަރު


އިތުރަށް...

ބައެއްގެ މޮޅުކަމަކީ އެބަޔަކު ވެއްޓުނީމާ ތެދުވާ އަވަސްމިން: ރައީސް ނަޝީދު

ލިޔުނީ: Unknown - Friday, September 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ބައެއްގެ މޮޅުކަމަކީ އެބަޔަކު ކުރިއަރާދާ މިންވަރެއްނޫން ކަމަށާޢި، ބައެއްގެ މޮޅުކަމަކީ އެބަޔަކު ވެއްޓުނީމާ ތެދުވާ އަވަސްމިން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިއަށް ދިޔަ އެޕާޓީގެ ޚާއްޞަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ތަރައްގީވެ މި ދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކިގޮތަކަށް ކުރެވުނީމާ ކަމަށެވެ. އެކަންތައްތަކަކީ ކޮބާކަން ދެނެމިގަނެވެނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ކަމަށެވެ.

" ފާޑުކީ ސިޔާސީ ޕާޓީތައް ހަރަކާތްތެރިވެވުނީމާ" ރައީސް ނަޝީދު ވިދާޅުވި އެވެ.

" މަގުން ކައްސާލާ ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ރައްޔިތުންނަށް މިއޮތްހާ ދުވަހު ކުރަމުންދިޔަ އަނިޔާ އެއީ މިރާއްޖޭގެ ތަރައްގީއަށް އެޅުނު އެންމެ ބޮޑު ހުރަސް. އެމްޑީޕީ ނުކުމެ މިތިބީ މިދެންނެވި ހުރަސް ނައްތާލުމަށް" 

ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުންނާ ދިމާލަށް ކުރިމަތި ކުރުވި ހުރިހާ ހަމަލާއަކުން އިރާދަކުރެވީތީ މިތިބީ ސަލާމަތްވެފައި ކަމަށެވެ. " ބައެއްގެ މޮޅުކަމަކީ އެބަޔަކު ކުރިއަރާދާ މިންވަރެއްނޫން. ބައެއްގެ މޮޅުކަމަކީ އެބަޔަކު ވެއްޓުނީމާ ތެދުވާ އަވަސްމިން.  ވެލިކާންދެވިދާނެ. އަނެއްކާވެސް ތެދުވާނެ. އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ. އަޅުގަނޑުމެންގެ ބައްޔެއް ނުވާނެ އަޅުގަނޑުމެންގެ ހިތްވަރެއް ދެރައެއް ނުވާނެ" ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން އެއްވެ ގިނަ އަދަދެއްގެ ބަޔަކާ މުހާޠަބުކޮށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ކުރިއަށް ފިޔަވަޅު އަޅާ ޕާޓީއެއް ކަމަށާއި އެޕާޓީން ނުކުމެ ތިއްބެވީ ރައްޔިތުންގެ ވެރިކަމެއް ހޯދައިދެއްވުމަށް ކަމަށެވެ. 

"

" އަޅުގަނޑުމެން އަނެއްކާވެސް މިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދނުމަށް އެނބުރިއަންނާނެ. އަޅުގަނޑުމެން ނޮވެމްބަރު މަހު އެގާރަ ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރާނަން. އަޅުގަނޑުމެން މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނަން"

ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމަނިކުފާނު ގޮސްފައިވާ ކަމަށާއި ރާއްޖޭގެ ގިނަ ރައްޔިތުންނާ ވެސް ބައްދަކުކޮށްފައިވާ ކަމަށެވެ. " އަޅުގަނޑުމެންނަށް މިރާއްޖޭގެ ރައްޔިތުންގެ އިހުސާސްތައް އެނގޭ. އަޅުގަނޑުމެން ނުކުމެ މިތީ އެ ރައްޔިތުންގެ އުއްމީދުތައް ހަގީތަކަށް ހަދައިދިނުމަށް. އަޅުގަނޑުމެން ހުއްޓާލާނީ އެއްބުރުން މި އިންތިޚާބު ކާމިޔާބުކޮށްފައި" 

އެއްވެ ތިބި މީހުންނާ މުހާތަބުކޮށް ނަޝީދު ވިދާޅުވީ " އަޅުގަނޑުމެން މިދަންނަވަނީ ނުކުންނަވާށޭ. ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. މިރާއްޖެ ތަރައްގީކުރަން ނުކުންނަވާށޭ. އަތުކުރި އޮޅާލައިގެން ނުކުންނަވާށޭ. އަޅުގަނޑުމެނގެ ހަމައެކަނި ބޭނުމަކީ މި ރާއްޖެ ތަރައްގީކުރުން" ކަމަށެވެ.

ރައީސް ނޝީދު ވިދާޅުވީ އެމްޑީޕީން ނުކުތީ މިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި، ނޮވްމެމްބަރު 11 ވަނަ ދުވަހު އަނެއްކާވެސް ރައީސް ކަމުގެ ހުވާ ކުރައްވާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ރާޅުގަނޑު ސަރަހައްދުގައި މިރޭ ބައްދަލުކޮށް ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތުގެ މަރުހަލާއިން ގައުމު އަރައިގަންނަންޖެހޭ ކަމަށާއި ހޮނިހިރު ދުވަހުގެ ވޯޓުން ރައްޔިތުންނަށް ލިބިގެންދަނީ "ބަޣާވާތް ނިމުމަކަށް ގެނައުމުގެ ފުރުސަތު" ކަމަށެވެ.
އަޅިގަނޑުމެންނަކީ ދިވެހިރާއްޖެ ތަރައްގީކުރުމަށް ނުކުމެތިބި ބައެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހައްގީ އަޅުގަނޑުމެން ބޭނުންވާ މިންވަރު ނޫންކަމަށް ދެކިގެން. އަޅުގަނޑުމެންނަކީ ގުރުރަތީ ވަޞީލަތްތައް ގިނަ ގައުމެއް ކަމަށް ދެކިގެން ނުކުމެތިބި ބައެއް. އަޅުގަނޑުމެންނަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފުކުރި ޕާޓީ" ނަޝީދު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް