ފަހުގެ ޚަބަރު


އިތުރަށް...

ގަމު ކައުންސިލްގެ ރައީސް ހުސައިން މޫސާ މަގާމުން ދުރުކޮށްފި

ލިޔުނީ: Unknown - Monday, September 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:





ލ. އަތޮޅު ގަން ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފި އެވެ. 

ގަން ކައުންސިލް މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެރަށު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކައުންސިލަރު 
ހުސައިން މޫސާ ވަކިކުރަން ނިންމީ މިއަދު ނެގުނު ވޯޓްގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ގަމު ކައުންސިލްގައި ހަތް ކައުންސިލަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ތިން ކައުންސިލަރުންނާއި އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލަރެކެވެ. އިތުބާރު ނެތް ކަމުގެ ވޯޓުގައި އެމްޑީޕީގެ އެއްވެސް ކައުންސިލަރަކު ބައިވެރިވެފައި ނުވާތީ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ކައުންސިލްގެ ނައިބު ރައީސް އަސްލަމް މުހައްމަދު އެވެ.

ނާޒިމް ވިދާޅުވީ ހުސައިން މޫސާ މަގާމުން ވަކިކުރެއްވީ އަމިއްލަ މަސްލަހަތު އިސް ކުރައްވައިގެން މަސައްކަތް ކުރައްވާތީ އާއި ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ޕާޓީގެ ވިސްނުމުން ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާތީ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް