ފަހުގެ ޚަބަރު


އިތުރަށް...

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ “ވާވެފައިވާ” ކޮމިޝަނެއް- ސީނާ ޒާހިރު

ލިޔުނީ: Unknown - Saturday, September 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުޑީޝަލް ސާވިސް ކޮމިޝަނަކީ “ވާވެފައިވާ” ކޮމިޝަނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ ސީނާ ޒާހިރު ވިދާޅުވީ ޖޭއެސްސީއިން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެވެމުން ނުދާކަމަށެވެ. އަދި އޭގެ ސަބަބުން  ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް މިހާރުވަނީ ކުރިމަތިވެފައި ކަމަށެވެ.

“އެންމެ މިނިވަންކަން ބޮޑު ގައުމުގައިވެސް އަދި އެންމެ މިނިވަންކަން ކުޑަ ގައުމުގައިވެސް މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން މިހިނގާ ގޮތަކަށް ނުހިނގާނެ. ހަމަ އަޅާވެސް ނުލާ މިތިބެނީ، ކޮންމެ މީހަކުވެސް ހާމަނުކުރިނަމަވެސް ތާއީދުކުރާ ވިސްނުމެއް ގެންގުޅޭނެކަން ނޭނގެ. އެކަމު އޭގެ މަނައަކީ އޭނަ އެކަންކަން ކުރުމުގައި ގާނޫނީ ހަމައިން އެއްކިބާވުމެއް ނޫން،” ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ އެއް މިންގަނޑަކުން ކިރާނުލެވޭ މައްސަލަތައް މިހާރުވެސް ފެންނަމުންދަކަމަށާ އަދި އެފަދަ މައްސަލަތަކުގައި އިންސާފްވެރިކަމާއެކު ޖޭއެސްސީއަށް ފިޔަވަޅު ނޭޅެންވީ އެއްވެސް ސަބަބެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމައްސަލަތަކުގެ ތަފްސީލަށް ދާން ބޭނުންނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުންގެތެރެއިން ބައެއް ބޭފުޅުންގެ އަހުލާގީ މައްސަލަތައް ފެންމަތިވުމާއި ގުޅިގެން ކުރިންވެސް ފިޔަވަޅު އަޅާފައިވާއިރު، ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯ ތަކެއް އާންމުވެފައިވިޔަސް އެމައްސަލާގައި ފިވަޅުއެޅުމުގައި ޖޭއެސްސީވަނީ ނުކުޅެދިފައެވެ. އަދި އަބުރު ގެއްލި މުޖތަމަޢުގައި ފަޟީހަތް ވެފައިވާ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން މައްސަލަތައް ކުރިއަށް ގެންދަވާތީ ބައެއް ފަރާތްތަކުން ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް އެކަމަށް ޖޭއެސްސީން ދީފައިވަނީ ބީރުކަންފަތެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް