ފަހުގެ ޚަބަރު


އިތުރަށް...

ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ޖުމްހޫރީ ގުޅުމުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓަށް ބަލައި ނުގަންނަ ގޮތަށް ނިންމައިފިއެވެ.

މިމައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވަނީ ޖުމްހޫރީ ގުޅުމުން ހުށަހެޅި މައްސަލައަކީ އިންތިހާބުތަކާއިބެހޭ އާންމު ޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީކަމަށް ހައިކޯޓުން ހާމަކުރެއެވެ.
މިމައްސަލަ ޖުމްހޫރީ ގުޅުމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުއެވެ.

ޖުމްހޫރީ ގުޅުމުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައަކީ ރިޔާސީ އިންތިހާބުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓާއި، ވޯޓު ފޮށިތަކުގެ ޝީޓްތައް ހޯދުމަށެވެ. 

މިއަދު ކޯޓަށް ޖުމްހޫރި ގުޅުމުގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ކުރިން އެޕާޓީން ރޭ ބޭއްވި ޖަލްސާގައި ވަނީ އިލެކްޝަން ކޮމިޝަނަށް ތަފާތު އިންޒާރު ދީފައެވެ. އަދި މަގުމައްޗަށް ނިކުމެ ޤައުމު ހަލަބޮލި ކޮށްލާނެކަމުގެ އިންޒާރުގެ ޖުމްހޫރީ ގުޅުމުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ދީފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް