ފަހުގެ ޚަބަރު


އިތުރަށް...

ވަގު ނޫޓެއް ނޫޅޭ، އެއީ ފަސް ރުފިޔާގެ ފަހުގެ ޗާޕް: އެމްއެމްއޭ

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިހާބާ ދިމާކޮށް ވަގު ނޫޓުތަކެއް ދައުރުވަމުން އަންނަ ކަމުގެ އަޑު ފެތުރުނު ނަމަވެސް، ދައުރުވަމުން ދަނީ ވަގު ނޫޓެއް ނޫން ކަމަށާއި އެއީ ފަސް ރުފިޔާގެ ފަހުގެ ޗާޕެއް ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެ ބޭންކުން ބުނީ ވަގު ނޫޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފަސް ރުފިޔާ އުޅޭ ކަމަށް ބުނެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ވަގު ނޫޓްތަކެއް ކަމަށް ބުނެ ހުށަހެޅި ނޫޓުތައް ބެލިއިރު އެއީ އެމްއެމްއޭ އިން 2011 ގައި ޗާޕްކުރި ފަސް ރުފިޔާގެ ނޫޓް ކަމަށް ވެސް އެބޭންކުން ބުނެ އެވެ. 

އެ އަހަރުގެ މާޗް މަހު ޗާޕްކޮށް ގަވަރުނަރު ފަޒީލް ނަޖީބު ސޮއިކުރައްވައިގެން ނެރުނު ނޫޓުގެ ސަލާމަތީ ފަށުގެ ގޮތުގައި ހިމަނާފައި ވަނީ ޑިޒައިނެކެވެ. އަދި އެ ނޫޓުގެ ސަލާމަތީފަށް ޔޫވީ ލައިޓަށް ނުދިއްލޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. 

ކުރިން ޗާޕްކުރި ފަސް ރުފިޔާގެ ނޫޓުގައި ސަލާމަތީ ރޮދި ފަށުގައި ޖަހާފައިއ އޮންނަނީ "އެމްއެމްއޭ"، "އޭއެމްއެމް" އެވެ. އަދި އެ ނޫޓުގެ ސަލާމަތީ ރޮދިފަށް ޔޫވީ ލައިޓަށް ދިއްލެ އެވެ. 

ވަގު ނޫޓުކަމަށް ގިނަ ބަޔަކު ޝައްކުކޮށް ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފައި ވަނީ ފަސް ރުފިޔާގެ ފަހުގެ ނޫޓްތައް އެއީ ވަގު ނޫޓްތަކެއް ކަމެއް ހީކޮށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް