ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖޭގެ ރައްޔިތުން ރައީސް މައުމޫނާއި ޔާމީނަކަށް ނޭދޭ: ނަޝީދު

ލިޔުނީ: Unknown - Monday, September 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގެ ރައްޔިތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އެމަނިކުފާންގެ ކޮއްކޯފުޅު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަކަށް ނޭދޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޑް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެއްޓުމަށްޓަކައި މިރޭ ރާޅުހަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ޕީޕީއެމް އަށް ނޭދޭ ކަމަށާއި އެއީ 50.000 މީހުންގެ ޕާޓީ އެއް ކަމަށެވެ. އަދި ވިދާޅުވީ އެ ޕާޓީ އަށް އެންމެ ރަނގަޅު ގޮތަކީ އެގޮތުގައި އޮތުން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ރައީސް މައުމޫނަކަށް ނޭދޭ. ރާއްޖޭގެ ރައްޔިތުން ޕީޕީއެމް އަކަށް ނޭދޭ. ރާއްޖޭގެ ރައްޔިތުން އަބްދުﷲ ޔާމީނަކަށް ނޭދޭ. އެކަން ރާއްޖޭގެ ރައްޔިތުންނަށް އޮޅުންފިލާކަށް މާއުނދަގުލެއް ނޫން. އެއީ 50.000 މީހުންގެ ޕާޓީ އެއް. އެގޮތުގައި އެބޭފުޅުން ތިއްބަވާ" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އިން އެ މީހުންގެ ފައިދާއަށްޓަކައި މީހުންނާއި މަޝްވަރާކޮށް އިއްތިހާދެއް ހަދާފާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ރައްޔިތުންގެ ހައްގުގައި ވެވޭ އިއްތިހާދެއް ނޫން ކަމަށާއި އެ އިއްތިހާދުން "ނަގޫ ގޮށްޖެހޭނީ ހަމަ އެބޭފުޅުންނަށް" ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއް ވެސް ގޮތަކަށް ގޮތް ހުސްވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ފަހަތަށް ވެސް ޖެހިވަޑައިގެންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން މި މީހާއަކީ، އަޅުގަނޑަކީ އިރާދަކުރެއްވީއްޔާ ގޮސްހުސްވެދާނެ މީހެއް ނޫން. މި މީހާއަކީ އިރާދަކުރެއްވިއްޔާ ވަރުބަލިވާނެ މީހެއް ނޫން، މި މީހާއަކީ އިރާދަކުރެއްވިއްޔާ ފަހަތަށް ޖެހޭނެ މީހެއް ނޫން" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ވަރަށް ވޯޓް ލިނިވަޑައިގަންފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާން ގެއަށް ވަދެވަޑައިގެންނަވާނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް