ފަހުގެ ޚަބަރު


އިތުރަށް...

އިލެކްޝަންސް ކޮމިޝަނަށް ހިމާޔަތް ދެއްވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި ރައީސް ނަޝީދު އެދިވަޑައިގެންފި

ލިޔުނީ: Unknown - Tuesday, September 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް ހިމާޔަތް ދެއްވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި އެދިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން، އާއި މިއަދު ބައްދަލުކުރެއްވުމަށްފަހު މީޑިޔާތަކަށް އިންޓަރވިއު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އެކޮމިޝަނުގެ މެމްބަރުންނަށް ހިމާޔަތް ދެވެން އޮތް ގޮތަކަށް ހިމާޔަތް ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސްކުރަން ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނިންމުމަކީ ޤާނޫނީ ނިންމުމެއް ނޫން ކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމޭތާ 21 ދުވަހުގެ ތެރޭގައި ދެވަނަ ބުރު ހިންގުމަށް އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރާ ކަމަށާއި، އެހެންކަމުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ކަނޑައެޅިފައި އޮތް ތާރީޚުގައި ބޭއްވެންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޚާބުގެ ދެވަނަ ބުރާއި ގުޅޭ ގޮތުން ގަރާރެއް ފާސްކޮށްފައިވާ ކަމަށާއި، އެގަރާރުގައި ސަލާމަތީ ބާރުތަކަށް އިންތިޚާބު ބޭއްވުމުގެ މަސައްކަތުގައި އިލެކްޝަންސް ކޮމިޝަނަށް ހިމާޔަތް ދިނުމަށް ލާޒިމްކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް