ފަހުގެ ޚަބަރު


އިތުރަށް...

lލ. މުންޑޫ ޝީރީންގެ މަރުގެ ދައުވާ ލިބޭ ނަޖާހްގެ މައްޗަށް އިތުރު ދައުވާއެއް

ލިޔުނީ: Unknown - Saturday, September 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކުގެ ތެރޭގައި މަރުވެފައި އޮއްވާ 2010 ވަނަ އަހަރުގެ ތެރޭގައި ފެނުނު މަރިޔަމް ޝީރީން މަރައިލިކަމުގެ ދައުވާ ލިބޭ އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަން ވިލާ މުހައްމަދު ނަޖާހްގެ މައްޗަށް ދައުލަތުން އިތުރު ދައުވާއެއް ކޮށްފި އެވެ.

ގެއްލުނުތާ ތިން ދުވަސްފަހުން މ. އަންގާގިރި ނަމަކަށް ކިޔާ ގޭގެ ކުނިތަކުގެ ތެރޭގައި މަރުވެފައި އޮތް ޝީރީންގެ މަރުގެ މައްސަލައިގައި ނަޖާހުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރާއިރު މިހާރު ދައުވާކުރަނީ ފުލުހަކަށް ހަމަލާދިނުމުގެ ދައުވާއެކެވެ.

ނަޖާހާއި އިތުރު މީހެއްގެ މައްޗަށް ކުރާ އެ ދައުވާގައިވަނީ 2009 ވަނަ އަހަރުގެ މާޗް މަހުގެ ދުވަހެއްގައި ފެރީއެއްގައި އައިސް ލ. ފޮނަދޫ ބަނދަރަށް ފޭބިއިރު އެ ދެ މީހުންގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވުމުން އެ ދެ މީހުން ހައްޔަރުކޮށް، ހަށިގަނޑު ބަލައި ފާސްކުރަން އުޅުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.

ޝީރީންގެ މަރުގެ ދައުވާ އަށް ނަޖާހު އިންކާރުކުރި ނަމަވެސް އޭނާއާ ދެކޮޅަށް ގިނަ ބަޔަކު ވަނީ ކޯޓުގައި ހެކިބަސްދީފަ އެވެ. އެ ގޮތުން ޝީރީނަށް ނަޖާހު އަނިޔާކުރާ ކަމަށް ބުނެ ބައެއް މީހުން ހެކިބަސް ދިން އިރު ފޮށްޓަކަށް ވަރަށް ބަރު އެއްޗެއް އަޅައިގެން އަންގާގިރި ކައިރި އަށް ޓެކްސީއެއްގައި ނަޖާހު ދިޔަ ކަމަށް ބުނެ ޓެކްސީ ޑްރައިވަރަކު ވެސް ވަނީ ހެކިބަސް ދީފަ އެވެ. އަދި އެ ފޮށިން ފެނުނު ޑީއެންއޭ އާއި ޝީރީންގެ ޑީއެންއޭ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ހެކިބަސްދީފަ އެވެ.

އެ މައްސަލައިގައި ޝީރީންގެ 13 ވާރިސުންގެ ތެރެއިން 12 ވާރިސަކު ބުނެފައިވަނީ ނަޖާހުގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ. ވާރިސެއްގެ ގޮތުގައި ދެން ހުރީ ކުޑަކުއްޖެއް ކަމަށްވުމުން އެ ކުއްޖާގެ ބަސް ޝަރީއަތަށް ބަލައިގަތުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފަ އެވެ.

އެ މައްސަލައިގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޖާހުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވެސް 2011 ވަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް