ފަހުގެ ޚަބަރު


އިތުރަށް...

ނަޝީދުގެ ފުރާނަފުޅަށް ހަމަލާ ދިނުމަށް އަލްޤައިދާ ޖަމާޢަތުގެ ދެ މީހުން މާލޭގައި

ލިޔުނީ: Unknown - Friday, October 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މޯލްޑިވިއަން ޑީމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް އަލްޤައިދާ ޖަމާއަދުގެ ދެމީހަކު މިހާރު މާލޭގައި ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ހާމަކޮށްފިއެވެ.

ރޭ އެ އޮފީހުން ހާމަކޮށްފައިވާގޮތުގައި، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުން ދާކަމަށާއި އެކަން ކުރުމަށް އަލްޤައިދާ ޖަމާޢަތުގެ ދެމީހަކު މިހާރު މާލެގައި އެބަތިބިކަމަށް ބައެއްފަރާތްތަކުން ބުނަމުންދާތީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން މިވާހަކަ ވަނީ އެ މިނިސްޓްރީގައި ލިޔުމުން ދަންނަވާފައިވާކަމަށެވެ.

“މިކަމުގެ އެއްވެސް މަޢުލޫމާތެއް އެ މިނިސްޓަރީގެ އިންޓެލިޖެންސް އަށް ލިބިފައިވޭތޯ ބައްލަވާ ދެއްވުމަށްފަހު، ލިބިވަޑައިގެންފައިވާ މަޢުލޫމާތު ވީއެންމެ އަވަސް ފުރުޞަތެއްގައި ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާއި ހިއްޞާކޮށް ދެއްވުމަށްވެސް ވަނީ ދަންނަވާފައެވެ.” ރައީސް ނަޝިދުގެ އޮފީހުން ހާމަކޮށްފައިވެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭ ކާނިވާ ސަރަހައްދުގައި، އެމްޑީޕީން ބޭއްވި ‘ވޯޓުން ވެރިކަން’ ޖަލްސާއަށް ފަހު ރައީސް ނަޝީދު މަގުމައްޗަށް ނުކުމެ ވަޑައިގަތުމުން، އެމަނިކުފާނަށް ހަމަލާދިނުމަށް ގުރޫޕަކުން މަސައްކަތް ކުރުމުން، ރައީސް ނަޝީދުގެ ބޮޑީގާޑުން ވަނީ އެމަނިކުފާނު ހުޅުމާލޭ ފެރީ ޓާމިނަލަށް ވައްދައި، ރައްކާތެރިކަން ހޯދާފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރައީސް ނަޝީދަށް ހަމަލާ ދީ ނުމަށް ގޭންގަކަށް ފައިސާ ހަވާލުކުރިކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މީގެ އަދި ހަމަ އެމަހުގެ ތެރޭގައި ބާ އިންޖީނުގޭ ސަރަހައްދުން ހަ މީހުންގެ ގުރޫޕަކުން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެ އެވެ.

އަދި، މިއަހަރުގެ މާޗު މަހު 28 ވަނަ ދުވަހު އެމްޑީޕީން ވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދުރުމި ހަރުކުރި ބަޑިއެއް ބަޔަކު އެތެރެކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި މިއަހަރުގެ މޭ މަހުގެ ތެރޭގައި ފުލުހުން ވަނީ މާލޭ ގެއެއްގެ ސިޑި ދަށުން ބަޑިއެއް އަތުލައިގެންފަ އެވެ. އެއީ “ކުޅޭ ކުޅޭ” ބަޑިއެއް ކަމަށް ކޮމިޝަނަރ އޮފް ފޮލިސް އަބްދުﷲ ރިއާޒު ވިދާޅުވި ނަމަވެސް އެ ބަޑީގެ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދީފާނެ ކަމުގެ ބިރު އަބަދުވެސް އޮންނަ ކަމަށެވެ.

މަސްދަރު: ޓައިމްސް
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް