ފަހުގެ ޚަބަރު


އިތުރަށް...

ޤައުމު ނާޒުކު ދަނޑީވަޅެއްގައި ވަނިކޮށް ރައީސް ވަހީދު ޗުއްޓީ ނަންގަވައިފި

ލިޔުނީ: ޢަލީ ޔާސިރު - Thursday, October 24, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަންމަނިކު، އެއް ހަފްތާ ދުވަހުގެ ޗުއްޓީ ނަންގަވައިފި އެވެ.

ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން އައްޔަން ކުރައްވާފައިވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ހުވާކުރެއްވުން ލަސްވެފައި ވަނީ ރައީސް ވަހީދު ޗުއްޓީ ނެންގެވުމުން ކަމަށެވެ.

ރައީސް ވަހީދު ޗުއްޓީ ނަންގަވާފައިވަނީ މިމަހު 31 ގެ ނިޔަލަށެވެ.

ދައުރު ހަމަވާއިރު އައްޔަނު ކުރާނެ ވެރިއަކާ މެދު ގޮތެއް ނިންމަން ހޮނިހިރު ދުވަހު މަޖިލީސް ހުޅުވަންމާފައިވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބާއްވަވާނަމަ، 11 ނޮވެމްބަރ 2008ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ޤާނޫނުއަސާސީގެ 111ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމާއެކު، މި ޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތަކަށްވާތީ، އަދި މި މައްސަލަ ޙައްލުކުރެއްވުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމުގައިވާތީ، މި މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުން އިސްނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ބުދަ ދުވަހު ސިޓީ ފުޅެއް ފޮނުއްވާފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް