ފަހުގެ ޚަބަރު


އިތުރަށް...

ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކޮށް ވަޒީފާއިން ސަސްޕެންޓް ކޮށްފި

ލިޔުނީ: Unknown - Thursday, October 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފަސްޓް ލެފްޓިނެންޓް އަބުދުﷲ ޝަރީފް (ސ.ނ 5843) ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކޮށް ވަޒީފާއިން ސަސްޕެންޓް ކޮށްފި އެވެ.

ޝަރީފް ވަޒީފާއިން ސަސްޕެންޑް ކުރި ކަން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފަސްޓް ލެފްޓިނެންޓް އަބުދުﷲ ޝަރީފް ސިފައިންގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރެވިގެން އެކި ރޭންކްތަކުގެ ބޭފުޅުންގެ ފަރާތުން ނެގިފައިވާ ބަޔާންތަކުން އެކަން ސާބިތުވެފައިވާތީ، ސިފައިންގެ ވަޒީފާއާއި ބެހޭ ޤަވާއިދުގެ ހަތްވަނަ ބާބުގެ 04 މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން 2013 އޮކްޓޯބަރު 03 ވަނަ ދުވަހުން ފެށިގެން ފަސްޓް ލެފްޓިނެންޓް އަބުދުﷲ ޝަރީފް ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައި ކަމަށެވެ.

ފަސްޓް ލެފްޓިނެންޓް އަބުދުﷲ ޝަރީފް ސަސްޕެންޑް ކުރިކަން އާންމުކޮށްފައިވާ އިއުލާނުގައި ސޮއި ކުރައްވާފައިވަނީ، ޕްރިސިޕަލް ޑައިރެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް ޕާސަނަލް ސާރވިސަސް ލެފްޓިނެންޓް ކާނަލް އިބްރާހިމް ރަޝީދެވެ. މި އިއުލާން އާންމުކޮށްފައިވަނީ މިއަދު (03 އޮކްޓޯބަރ 2013) ގައެވެ.

ޝަރީފް ސަސްޕެންޑް ކޮށްފައިވަނީ ސިފައިންގެ ތެރޭގައި އިސްވެރިން ޣައިރު ޤާނޫނީ އަމުރު ތަންފީޒު ކުރުމަށް އަންގާ ޤާނޫނު އަސާސީއާއި ސިފައިންގެ ޤާނޫނާއި ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ލިޔެކިއުންތަށް ސޯސަލް މީޑިއަގައި އާންމުވަމުން އަންނަ އަދި ސިފައިންގެ ހިދުމަތުން ގިނަ އިއްޒަތެރިން ދުރައްޖެހިވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ.

ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި ސިފައިންގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓްރީން ވަނީ ދާދި ފަހުން އިއުލާން ކޮށްފައެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް