ފަހުގެ ޚަބަރު


އިތުރަށް...

ސިފައިން ހުރަސް އެޅުމުގެ ސަބަބުން މިއަދު މަޖިލިސް ޖަލްސާ މާދަމާއަށް ފަސްކޮށްފި

ލިޔުނީ: Unknown - Saturday, October 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މަޖިލިސް މެމްބަރުން ޗެމްބަރުގެ ތެރެއަށް ވަދެ މަޖިލިސް ބޭއްވުމަށް ސިފައިން ހުރަސް އެޅުމުން މިއަދު ބޭއްވުމަށް މަސައްކަތްކުރި ރައްޔިތުން މަޖިލީހުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާ ދެން އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

މިއަދު މަޖިލީހުގައި ބޭއްވުމަށް މަސައްކަތްކުރި ޖަލްސާއަކީ، ނޮވެމްބަރު 11 ގެ ފަހުން ވެރިއަކު އައްޔަނު ނުކުރެވިއްޖެނަމަ، ވެރިކަން ހަވާލުކުރާނީ ކޮން ބޭފުޅަކާއިތޯއާއި މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިލައްވާފައިވާތީ އެކަމަށް ގޮތެއް ނިންމުމަށް މަޖިލީހުގައި ބޭއްވުމަށް މަސައްކަތްކުރި ޖަލްސާއެކެވެ.

ސިފައިންވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީސް ޗެމްބަރަށް ވަނުމަށް ހުރަސްއާޅާފަ އެވެ. އަދި ސިފައިންގެ ފައުޖަކުން ވަނީ މަޖިލީހުގެ އިދާރާއަށް ހުއްދައާއި ނުލައި ވަދެ އާޒިމް ހިފާ ހައްޔަރު ކޮށްގެން ގެންގޮސް ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ފުލުހުންނާއި އާޒިމު ހައްޔަރުކޮށްގެން ގެންގޮސް ހަވާލުކޮށްފައިވަނީ، ސިފައިންގެ މީހެއްގެ ގައިގައި ޖަހައިގެންކަމަށް ސިފައިން ބުނެ އެވެ. ނަމަވެސް އާޒިމް ފުލުސް އޮފީހަށް ގެންދިޔަ ފަހުން އޭނާ އަށް ލިބިފައިހުރި އަނިޔާތަކަށް ފަރުވާކުރުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އާޒިމްގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، އާޒިމްގެ މޭ މަތީގައި ސިފައިންގެ މީހަކު އޮޅަބޮށިން ޖެހި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމްކޯޓުން ވަނީ ގައިރު ހާޒިރުގައި ހުކުމް ކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ އިމްތިއާޒު ކޮމެޓީން ވަނީ އެ މެމްބަރުންގެ ގޮނޑިނުގެއްލޭ ކަމަށް ނިންމާފަ އެވެ.

މިއަދު އާޒިމް މަޖިލީހަށް ނުވައްދައި ސިފައިން މަޖިލީސްގެ ހިސޯރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަމުރުފުޅާ ވެސް ހިލާފަށެވެ.

މަސްދަރު: ޓައިމްސް.އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް