ފަހުގެ ޚަބަރު


އިތުރަށް...

ޤާނޫނުގެ ބާރު ކަނޑުވާލާފަ ޤައުމު ހިންގުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ކުރީގެ ކޮމާންޑަރަކު އިލްތިމާސްކޮށްފި

ލިޔުނީ: Unknown - Saturday, October 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގެ ޤާނޫނުގެ ބާރުކަނޑުވާލާފައި ދުސްތޫރީ އިމުގެ ބޭރުން ޤާނޫނު އަތަށް ނަގައިގެން ޤައުމު ހިންގުމުގެ ފުރްޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަދި ކުރީގެ މާލެ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީ ސިފައިންނަށް އިލްތިމާސްކޮށްފިއެވެ.

އިބްރާހިމް ދީދީ މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ އާދީއްތަ ދުވަހު އެމަނިކުފާނުގެ ފޭސްބުކްގައެވެ.

އެގޮތުން އިބްރާހިމް ދީދީ ހާމަކުރައްވާފައިވަނީ 2012 ފެބްރުއަރީ 7 ން ފެށިގެން މިޤައުމު މިވަނީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށާއި، 2008ގަ ރައްޔިތުން ހޮވި ސަރުކާރަށް، ނޭވާލާން ނުލިބުނުތަން ފެނިގެން ދިޔަ ކަމަށެވެ. އިދިކޮޅު ބޭފުޅުންނާއި އެބޭފުޅުންނާއި ގުޅޭ ވިޔަފާރިވެރިން އަދި ދީނީ އިލްމުވެރިން ސަރުކާރު ވައްޓާލަން ގޮވާމަންޒަރު އޭރު ފެނިގެން ދިޔަ ކަމަށް އިބްރާހިމް ދީދީ ވަނީ ވިދާޅުވެފައެވެ.

މިހާލަތަށް އައިއިރު ތިންބާރުގެ މެދުގައި ޚިޔާލްތަފާތުވުމާއި ހަމަނުޖެހުމުގެތެރެއިން ސަލާމަތީބާރުގެ މައްޗައް ނޭދެވޭ ނުފޫޒް ފޯރާ އެމީހުން ޤާނޫނީ ގޮތުން ދިފާޢު ކުރަންޖެހޭ ސަރުކާރު ކޮންމެސަބަބަކާހުރެ ނަމަވެސް މަގުމަތިވި ވުން އެއީ ލަދުވެތި އަދި ބައިބައިވެފައި މިވާ ސިޔާސީ މި މުޖްތަމަޢުގައި އެންމެނަށް ރުހެވޭނެ ޖަވާބެއް ދުވަހަކުވެސް ނެރެވެންނެތް ލަދުވެތި ހާދިޘާއެއްކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ. އެކަމުގައި އަޅުގަޑުމެންގެ ބައިނަލް އަޤްވާމީ މުޖްތަމަޢު އިން ދެކުނީ އެ ވަގުތަށް އޮތް އެއްމެ މަސްލަޙަތު ރަގަޅުގޮތަކީ އެއްމެ ޞުލްހަވެރި ހައްލެއް މިޤައުމަށް ހޯދަދިނުންކަމަށާއި އެގޮތުން ޞުލްޙަވެރި އިންތިޚާބަކާއި ހަމަޔަށް ގެންގޮސް ރައްޔިތުން ފަހުބަސް ބުނަން މަގުފަހި ކުރުވުމަށެވެ.

ނަމަވެސް ރައްޔިތުންނަށް އެމީހުންގެ ބަސްބުނުމުގެ ފުރްޞަތު ހަނިވެ މުޅި ޤައުމު ހަމަނުޖެހުމެއްގެ ވަޅުގަޑަކާދިމާލަށް ދަތުރު ކުރަމުން ދާ މަންޒަރު ފެންނަމުން ދާކަމަށް އިބްރާހިމް ދީދީ ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެތެރެއިން ބައެއް ވިޔަފާރިވެރިން މިޤައުމަށް އޮތް ޙައްލަކީ އަޝްކަރީ ޙައްލެއްކަމަށް ވިދާޅުވާކަމަށާއި އެހެން ވިދާޅުވާ ބޭފުޅަކާ ޗެލެންޖްކުރަން ތައްޔާރުކަމަށްވެސް އިބްރާހިމް ދީދީ ވަނީ ވިދާޅުވައެވެ. އަދި ރާއްޖެއަށް ބޭނުންވަނީ އަސްކަރީ ހައްލެއްކަމަށް ބުނަމުންދާ ވިޔަފާރިވެރިން ހާމަކުރަމުން އެދަނީ ބުހުތާން ދޮގުމަކަރުވެރި އަމިއްލައެދުމުން ފޯވެފަައިވާ ވަގުތީ ނަފާލިބިދާނެ ފަލްސަފާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫންގެ ބާރުކަނޑުވާލާފައި ދުސްތޫރީ އިމުގެ ބޭރުން ޤާނޫނު އަތަށް ނަގައިގެން ޤައުމު ހިންގުމުގެ ފުރްޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ސިފައިންނަށް އިލްތިމާސްކުރާ ކަމަށާއި. ސަބަބަކީ އެޙާލަތަށް ޤައުމު ހިނގައްޖެނަމަ ހިތާމަކުރަންޖެހޭނީ އަޅުގަޑުމެން އެންމެންނާއި އަޅުގަޑުމެން ގެދަރިންނާއި ދަރިންގެ ދަރިންކަމަށް އިބްރާހިމް ދީދީ ވަނީ ހާމަކުރައްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް