ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މުފީދު މިރޭ ފަތިހު މާލެ ގެންދަނީ

ލިޔުނީ: ޢަލީ ޔާސިރު - Friday, October 25, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
އިއްޔެ ހިނގި އެކްސިޑެންޓް ގައި އަނިޔާވި މުފީދު މިރޭ ފަތިހު މާލެ ގެންދިއުމަށް ހަމަޖެހިފައިވޭ - ފޮޓޯ: ސްނިޕް ޝޮޓް
ލ. ފޮނަދޫގައި ދެ ސައިކަލު ޖެހި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހުންގެ ތެރެއިން މިވަގުތު އައިސީޔޫގައި އޮތް ކުރިގަމު އަވަށު އަނިޔާވެފައިވަނީ 61 އަހަރުގެ މުފީދު މިރޭ ފަތިހު ފްލައިޓުން މާލެ ގެންދިއުމަށް ނިންމާފައިވާކަމަށް އެ ޢާއިލާއިން ބުނެފިއެވެ.

އެ ޢާއިލާއިން ވާހަކަދެއްކި މީހަކު ބުނީ މިވަގުތު މުފީދު އޮތީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި މިހާރު ކުޑަކޮށް ވާހަކަދައްކާ ކަމަށެވެ. އަދި މީހުންވެސް ވަކިކުރަން އެނގޭ ކަމަށެވެ. ނަމަވެސް ބޮލަށް ވަރަށްބޮޑަށް ގެއްލުންވެފައިވާކަމަށާއި ބޮލަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ބެލުމަށް ސީޓީ ސްކޭން ހަދަންޖެހޭ ކަމަށެވެ.
އެންމެ އަވަހަށް ކައްދޫ އިން މާލެއަށް ފްލައިޓެއް އޮންނަނީ މިރޭ ފަތިހުކަމަށްވުމުން އެ ފްލައިޓުން މުފީދު މާލެ ގެންދިއުމަށް ނިންމާފައިވާކަމަށް އެ ޢާއިލާއިން ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މެދުއަވަށު ޢުމުރުން 45 އަހަރުގެ މުޙައްމައިދީ (މަތަންގީއްގޭ މުޙައްމައިދީ) އަށް އެހާ ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މުހައްމައިދީގެ ބޮލުންނާއި ގައިގެ ބައެއް ތަންތަނުން މަށައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް