ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބުގެ ދެވަނަ ބުރު 10 އެއްގައި ބާއްވަން ނިންމައިފި

ލިޔުނީ: Unknown - Thursday, November 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ޖެހިގެން އަންނަ އާދިއްތަ ދުވަހު އިންތިޚާބުގެ ދެވަނަ ބުރު ބާއްވާ ގޮތަށް ހަމަޖައްސައި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 10 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު ނުވައެއް ޖަހާއިރުން ފެށިގެން މެންދުރު 12 ޖަހަންދެން ކަމަށެވެ.

އިލެކްޝަނުން މައުލޫމާތުދޭ ގޮތުގައި 10 ވަނަ ދުވަހު ވެސް ވޯޓުލުން އޮންނާނީ، އެދުވަހުގެ ހެނދުނު 7:30އިން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެނެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުންނާއި ސަރުކާރުން އިއްޔެ ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި އެގޮތަށް އެދިފައިވާތީއެވެ.

އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ކުރިން އިއުލާނުކޮށްފައިވަނީ، މިމަހުގެ 16 ވަނަ ދުވަހުއެވެ. އިންތިހާބުގެ ދެވަނަ ބުރެއް 10 ވަނަ ދުވަހު ނުވަތަ 11 ވަނަ ދުވަހު ބާއްވަން ހުށަހަސޅުއްވާފައިވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ. ގާސިމްގެ ހުށަހެޅުއްވުމަށް ޔާމީން ވެސްވަނީ ތައީދު ކުރައްވާފައެވެ.

އިއްޔެގެ ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންގެ ވެސް ރޫހަކީ، 11 ނޮވެމްބަރުގައި އިންތިހާބީ ވެރިޔަކު އައްޔަން ވެފައި ހުރުން ކަމަށެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް