ފަހުގެ ޚަބަރު


އިތުރަށް...

'ވޯޓުން އުފާވެރިކަން' ކެމްޕެއިން އިފްތިތާޙް ކުރުން 23 ސަރަހައްދުގައި މިއަދު ބާއްވައިފި

ލިޔުނީ: Unknown - Saturday, November 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލ. ގަމު ތުނޑީ އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި “ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙް ކުރުން - ފޮޓޯ: ކުލަޔެލޯ
'ވޯޓުން އުފާވެރިކަން' ކެމްޕެއިން އިފްތިތާޙް ކުރުން 23 ސަރަހައްދުގައި މިއަދު އެމްޑީޕީން ބާއްވައިފި އެވެ. މިއަދު ހަވީރު4:30 ހދ. ކުޅުދުއްފުށީގައި “ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙްކުރެއްވުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކުރިޔަށް ގެންދަވާ ވަގުތާ އެކުއެކީ އަނެއް 22 ސަރަހައްދުގައި މި ކެމްޕެއިން އިފްތިތާޙްކުރުން ބާއްވާފައިވެއެވެ. 

 މި 22 ސަރަހައްދުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ އެމްޑީޕީ އަދި ޑީއާރޕީގެ މަޖިލިސް މެމްބަރުންނެވެ. ލ. އަތޮޅުގައި ރަސްމީކޮށް މި ކެމްޕޭން ލޯންޗްކުރުން އޮތީ ލ. ގަމު ތުނޑީ އަވަށުގައެވެ. ގަމުގައި އޮތް ރަސްމިއްޔާތު ޝަރަފިވެރިކޮށްދެއްވީ ހޯރަފުށީ ދާރިރާގެ މަޖިލިސް މެންބަރު އަޙްމަދު ރަޝީދެވެ.

މި ކެމްޕެއިން އިފްތިތާޙްކުރުން މިއަދު ކުރިއަށްގެންގޮސްފައިވަނީ : ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ނ. މަނަދޫ، ރ. އިންނަމާދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ކ. މާފުށި، އއ. ފެރިދޫ، އދ. މަހިބަދޫ، ވ. ކެޔޮދޫ، މ. މުލައް، ފ. ފީއަލި، ދ. ބަނޑިދޫ، ތ. ކިނބިދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، އައްޑޫސިޓީ. ފޭދު، މާލެސިޓީ، އިންޑިއާގެ ޓްރިވެންޑްރަމް އަދި މެލޭޝިޔާގައެވެ.

“ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ކެމްޕެއިން އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ދިއުމަށް ޢާއްމު ރައްޔިތުންނަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ.
ގަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި އެމްޑީޕީ އިސްދޫ ދާއިރާގެ ރައީސް ޢުމަރު ޢަބްދުއްރައްޒާޤް ބައިވެރިވެލެއްވިއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް