ފަހުގެ ޚަބަރު


އިތުރަށް...

ވަހީދު ހަސަން މަނިކު ޤައުމު ދޫކުރައްވާ ވަޑައިގެންފި

ލިޔުނީ: Unknown - Friday, November 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިކަމުގެ ދައުރު ހަމަވެ، އިސްތިއުފާ ދެއްވަން އެއް ދުވަހަށް ވެފައިވަނިކޮށް ވަހީދު ހަސަން މަނިކު ޤައުމު ދޫކުރައްވާ ފުރާވަޑައިގެންފި އެވެ.

  މައުލޫމާތު ލިބިފައިވާގޮތުގައި ވަހީދު ހަސަން މަނިކު ފުރާވަޑައިގެންފައިވަނީ މިރޭ 10:30 ހާއިރު ސިންގަޕޫރަށެވެ.

މީގެކުރިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަހީދު ހަސަން މަނިކު ވިދާޅުވެފައިވަނީ އެ މަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ އަނބިކަބަލުން އިލްހާމް ހުސެއިންގެ އޮޕަރޭޝަނަކަށް ކަމަށެވެ.

ވަހީދު ހަސަން މަނިކު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ދައުލަތުގެ ހަޒާނާއިން 1.3 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ.

ވަހީދު ހަސަން މަނިކު ވެރިކަމުން އިސްތިއުފާ ނުދެއްވައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބުދަ ދުވަހު ވިދާޅުވެފަ އެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދައުރު ނިމުމަކަށް އައިސްފައިވާއިރު، ވަހީދު ވަނީ ވެރިކަމުގެ ބާރުގެ ދެމި ހުންނެވުމަށް ނިންމަވާފަ އެވެ.

ސިންގަޕޫރަށް ވަހީދު މިކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. ކުރިން ރެކޯޑްކޮށްފައިވާ ވަހީދުގެ ވަދާޢީ ސްޕީޗެއް މިއަދު 10 ޖަހާއިރު ރާއްޖޭގެ ބައެއް ލޯކަލް ޗެނަލްތަކުން ފޮނުވާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް