ފަހުގެ ޚަބަރު


އިތުރަށް...

ޖޭޕީގެ ވަރުގަދަ ފަހުލަވާނުން އެމްޑީޕީއަށް

ލިޔުނީ: Unknown - Thursday, November 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޕީޕީއެމްއަށް ތާއިދު ނުކުރުމަށް ނިންމާފައިވާ ޖޭޕީގެ ބައެއް އިސްފަރާތްތައް (ކ-ވ: ޙަމީދު، ޑރ. ޑީޑީ، މޫސާ ރަމީޒް)
ޖުމްހޫރީ ޕާޓީގެ ކައުންސިލުން ޕީޕީއެމުން ތާއިދުކުރަން ނިންމި ނަމަވެސް އެޕާޓީގެ ކައުންސިލް ތެރޭގައި ހިމެނޭ ބައެއް އިސް މެމްބަރުން އެމްޑީޕީއަށް ތާއިދުކުރަން ނިންމައިފި އެވެ.

އެގޮތުން ޖޭޕީގެ ކައުންސިލް މެމްބަރު އަދި މާލޭ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ހަމީދު (ފްލައި) ތާއިދުކުރައްވަނީ އެމްޑީޕީއަށް ކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ. ހަމަ އެހެންމެ ޖޭޕީގެ ސްޕޯކްސް ޕާސަން އަދި ކައުންސިލް މެމްބަރު މޫސާ ރަމީޒްވެސް ތާއިދުކުރައްވަނީ އެމްޑީޕިއަށް ކަމަށް އޭނާވަނީ  ކަށަވަރުކޮށްދެއްވާފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވެސް ވިދާޅުވެފައިވަނީ ޔާނިމަށް ތާއިދު ނުކުރައްވާނެ ކަމަށެވެ. ޑީޑީ ވިދާޅުވެފައިވަނީ 30 އަހަރުގެ ޢާއިލީ ވެރިކަމަށް އެނބުރި އަންނަން ބޭނުންވެނުލައްވާކަމަށާއި ޖޭޕީގައި ގިނަވާނީ އިސްލާހަށް މަސައްކަތްކުރެއްވި މެންބަރުން ކަމަށެވެ.

ޖޭޕީގެ ކައުންސިލްގެ މެމްބަރު އަދި މާލޭ ސިޓީކައުންސިލްގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ހަމީދު ފްލައި، ވިދާޅުވީ ޖޭޕީގެ ކައުންސިލްގެ މިރޭގެ ނިންމުމަކީ ވަކިފަރާތަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަމަށާއި، އަދި އެނިންމުމަށް ޕީޕީއެމްއިން ފައިސާގެ ނުފޫޒުވެސް
ފޯރުވާފައިވާކަމަށް ފްލައި ވިދާޅުވިއެވެ

ޖޭޕީގެ ސްޕޯކްސް ޕާސަން އަދި ކައުންސިލް މެމްބަރު މޫސާ ރަމީޒް ވިދާޅުވީ އެބޭފުޅާ ތާއިދުކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ކަމަށެވެ.

އޭނާ އިރުތަށް ވިދާޅުވީޖޭޕީ ކައުންސިލްގައި ތިއްބެވި މެމްބަރުންނަކީ ޕާޓީއަށް މާބޮޑު ފައިދާއެއް ލިބޭ ބޭފުޅުންނެއް ނޫން ކަމަށާއި، އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރަށް ލިބުނު ވޯޓުންވެސް އެކަން ސާފުވާކަމަށެވެ. 

މީގެ އިތުރުންވެސް އިތުރު ތިން ބޭފުޅެއް ހިމެނޭކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތުދިން ފަރާތަކުން ބުނެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް