ފަހުގެ ޚަބަރު


އިތުރަށް...

ލ. މާވަށު ފުލުހަށް ތެޔޮ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި

ލިޔުނީ: Unknown - Tuesday, November 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
.މާވަށު ޕޮލިސްޓޭޝަންގައި ދުއްވާ ވެހިކަލްތަކާއި އަދި ލ.އަތޮޅުގައި ދުއްވާ ޕޮލިސް ލާންޗްތަކަށް  ތެޔޮ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ.

އެއްބަސްވުމެއްގެ ދަށުން ލ.މާވަށު ޕޮލިސް ސްޓޭޝަންގެ ވެހިކަލުތަކާއި ލ. އަތޮޅުގައި ދުއްވާ ޕޮލިސް ލާންޗްތަކަށް ތެޔޮ ފޯރުކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން 06 ނޮވެމްބަރ 2013 ވާ ބުދަދުވަހު 11:00 ށް ލ.މާވަށު ޕޮލިސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ނޮވެމްބަރު 2013 ވާ ބުދަދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުސަހެޅުއްވުމަށް 29 އޮކްޓޯބަރ 2013 ގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ޢަލީ ސޮއިކުރައްވާ ނެރެފައިވާ އިޢުލާނުގައި ހާމަކޮށްފައިވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ކަމަށްވެސް މި އިޢުލާނުގައިވެއެވެ.

މަސްދަރު: ދުރުމި.ކޮމް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް