ފަހުގެ ޚަބަރު


އިތުރަށް...

ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ރިޔާސީ ކެނޑިޑޭޓުންނަށް ފޮނުވައިފި

ލިޔުނީ: Unknown - Tuesday, November 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ރިޔާސީ ކެނޑިޑޭޓުންނަށް ފޮނުވައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އިންތިޚާބުގައި ވާދަކުރައްވާ 3 ކެނޑިޑޭޓުންނަށް ފޮނުވާފައިވާކަމަށެވެ.

ކެނޑިޑޭޓުންގެ އިތުރުން ޑިޕާޓްމަންޓު އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށްވެސް ފައިނަލް ވޯޓާސް ލިސްޓު ވަނީ ފޮނުވާފައެވެ.

ވޯޓާސް ލިސްޓުގެ އިތުރުން ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަށް ބަހައްޓާނެ ވޯޓު ފޮށީގެ އަދަދާއި ފޮށިތަކަށް ވޯޓުލާ މީހުންގެ އަދަދު ވެސް މިހާރު ކަނޑައަޅާ ނިމިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ރޭ ވަނީ ހާމަކޮށްފައެވެ.

އިންތިޚާބަށް ވެފައިވާ ތައްޔާރީތަކާއި މެދު ވާޙަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން ފިންގަރ ޕްރިންޓު ވެރިފައިކުރުމަށް ފޮނުވި 9152 ފޯމުގެ ތެރެއިން މައްސަލަ ހުރީ 294 ފޯމުގައި ކަމަށެވެ.
 
އީސީގެ ރަޖިސްޓްރޭޝަން ސެކްޝަންގެ ވެރިޔާ އާމިނަތު މަޖުދާ ވިދާޅުވީ ވެރިފައި ކުރުމަށް ފޮނުވި 9152 ފޯމުގެ ތެރެއިން މައްސަލަ ހުރި ކަމަށް ފާހަގަވެފައިވަނީ 294 ފޯމުގައި ކަމަށެވެ. އަދި މައްސަލަ ހުރި ފޯމުތަކުގައިވެސް ޖަހާފައިވަނީ އެހެން މީހެއްގެ ފިންގަރ ޕްރިންޓު ކަމަށް ފުލުހުން ބުނެފައި ނުވާކަމަށް މަޖުދާ ވަނީ ވިދާޅުވެފައެވެ.

މައްސަލަ ހުރި 294 ފޯމުގެ ވެރި ފަރާތްތަކަށް ގުޅައި މިހާރު އެފޯމުތަކުގައި ޖަހާފައިވަނީ އެފަރާތްތަކުގެ ފިންގަރ ޕްރިންޓުކަން ކުރެވިފައިވާކަމަށާއި، އެ 294 މީހުންނަށްވެސް ހޮނިހިރު ދުވަހު ބޭއްވޭ އިންތިހާބުގައި ވޯޓު ލެވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކުރައްވާފައެވެ.

މި ފަހަރުގެ އިންތިޚާބުގައި 239105 މީހަކަށް ވޯޓުލުމުގެ ޝަރުތު ފުރިހަމަވެއެވެ. އަދި އިންތިޚާބުގައި 475 ފޮއްޓެއް ބަހައްޓާނެކަމަށް އިލެކްޝަނުން ވަނީ ހާމަކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް