ފަހުގެ ޚަބަރު


އިތުރަށް...

ގާސިމުގެ ތާއީދު ޕީޕީއެމް އަށް ހޯއްދެވުމަށް މައުމޫން ގާސިމާ ބައްދަލު ކުރައްވައިފި

ލިޔުނީ: Unknown - Tuesday, November 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މައުމޫނާއި ގާސިމް، ގާސިމްގެ ގޭގައި މިއަދު ބައްދަލުކުރައްވަނީ.--ފޮޓޯ: މެމްބަރު އަހުމަދު މަހުލޫފް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ގާސިމާ ބައްދަލުކުރައްވަނީ ގާސިމްގެ ގެ މާފަންނުވިލާގަ އެވެ.

މީގެ ބައިގަޑިއެއްހާ އިރު ކުރިން ފެށި ބައްދަލުވުން މި ބާއްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމްގެ ތާއީދު ހޯދުމަށް ޕީޕީއެމް އާއި އެމްޑީޕީން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ގާސިމާއި ބައްދަލު ކުރެއްވުމަށް ރައީސް މައުމޫނު ވަޑައިގެންނެވި އިރު އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމް އިބްރާހީމްގެ ތާއީދު ރައީސް މުހައްމަދު ނަޝީދަށް ހޯއްދެވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުވަނީ ރޭ ގާސިމާއި ބައްދަލު ކުރައްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް