ފަހުގެ ޚަބަރު


އިތުރަށް...

ސްޓޭޓް މިނިސްޓަރު އިލްޔާސް ރައީސް ނަޝީދަށް ތާއިދު ކުރެއްވުމަށް ނިންމަވައިފި

ލިޔުނީ: Unknown - Sunday, November 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ހުސައިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.

އޮންލައިން ނޫސް ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިލްޔާސް މިއަދު ވިދާޅުވީ، ބައެއް ފަހަރު ހިޔާލު ތަފާތުވި ނަމަވެސް އަބަދުވެސް އެމްޑީޕީއަށް ތާއީދު ކުރައްވާ ކަމަށެވެ.

"ހިޔާލު ތަފާތު ވިޔަސް އަބަދު ވެސް އަޅުގަނޑު އެމްޑީޕީއަށް ތާއީދު ކުރަން. ބައްޕަ ޕާޓީއަކީ ހަގީގަތުގައި އެއީތާ އެންމެންގެ ވެސް، ދެން އަރާނެ ގޮޅިތައް ހުސްވުމުން ދެން އެހެން ގޮތެއް ނުވެސް އޮންނާނެތާ ދެއްތޯ،" އިލްޔާސް ވިދާޅުވިއެވެ.

އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި އިލްޔާސްވަނީ ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އިލްޔާސްވަނީ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު އިމިގްރޭޝަންގެ ކޮންޓްރޯލަ ކަމުގެ މަގާމާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރު ހިނގެވުމާއި ވެސް ހަވާލުވެވަޑައިގެން ހުންނަވާފައެވެ.

ރައީސް ޑރ.މުހައްމަދު ވަހީދުގެ ޅިޔަނެއްގެ ގޮތުގައި ހުންނެވި އިލްޔާސްވަނީ ރައީސް ވަހީދުގެ ދުވަސްވަރު އަނެއްކާ ވެސް އިމިގްރޭޝަންގެ ކޮންޓްރޯލަގެ މަގާމަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް ފަހުން ޑިފެންސްގެ ސްޓޭތް މިނިސްޓަރަކަށް ބަދަލު ކުރެއްވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް