ފަހުގެ ޚަބަރު


އިތުރަށް...

ލ. ގަން، ތުނޑީ މަރުޙޫމް މުޙްސިން ސަޢީދުގެ ޖަނާޒާ މިރޭ މަޣްރިބް ނަމާދަށްފަހު އޮންނާނެ

ލިޔުނީ: Unknown - Wednesday, November 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މުޙުސިންގެ ޖަނާޒާ އޮންނަނީ  ޓްރިވެންޑްރަމްގެ  ވައްލަކަޑަވޫ މިސްކިތުގެ ޤަބުރުސްތާނުގައި - ފޮޓޯ: އިސްމާޢީލް ޒަކީ
ތިލަފުށްޓަށް ގޭސް ބަރުކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ލ. ގަމު ތުނޑީ ޢަބްދުލް މުހުސިން ސަޢީދުގެ މަރު ފޯމު ނުލިބިގެން ޖަނާޒާގެ ކަންތައްތައް ނުބޭއްވި ލަސްވިނަމަވެސް މިރޭ މަޣްރިބް ނަމާދަށްފަހު ޖަނާޒާބޭއްވޭނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

 ފުނަމާ ދޯނީގެ ކެޕްޓަން އަބުދުލްމުހުސިން ސައީދު އިއްޔެ ހެނދުނު ނިޔާވެފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ތިލަފުށްޓަށް ގޭސް ބަރުކުރަން ދިޔަ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހުމާ ގުޅިގެން އިތުރުފަރުވާ އަށް އިންޑިއާ އަށް ގެންގޮސް، އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މުޙުސިންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑީޔާގެ ޓްރިވެންޑްރަމްގައި ނިޔާވާ ދިވެހިން ޢާއްމުކޮށް ވަޅުލާ  ވައްލަކަޑަވޫ މިސްކިތުގެ ޤަބުރުސްތާނުގައެވެ.

މުހުސިންގެ އާއިލާ އިން ބުނީ ހޮސްޕިޓަލުން ފުރަތަމަ އެދުނީ ޕޯސްޓްމޯޓަމް ހަދާފައި ވަޅުލަން ކަމަށެވެ. ނަމަވެސް އާއިލާ އިން މުހުސިންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށް ބުނުމުން ދިވެހި ކޮންސިއުލޭޓުގެ ސިޓީއަކާއި ދިވެހި ފުލުހުންގެ ސިޓީއެއް ހޮސްޕިޓަލާ ހަވާލުކުރަން އެދުނު ކަމަށެވެ. އަދި އެ ދެ ފަރާތުގެ ސިޓީލުމުން ޑޮކްޓަރު ނޫޅޭ ކަމަށް ބުނެ ހޮސްޕިޓަލުން މަރުފޯމު ދޫކުރުން ލަސްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުރަތަމަ ބުނީ އެމީހުންގެ ގާނޫނު ބުނާ ގޮތުން ވަޅުލެ ވޭނީ ޕޯސްޓްމޯޓަމް ހަދާފައޭ. އަޅުގަނޑުމެން ބުނިން ޕޯސްޓްމޯޓަމް ހަދަން ބޭނުމެއްނުވެއޭ. ބުނީމާ ހޮސްޕިޓަލުން ބުނީ އާއިލާ އިން އެގޮތަށް ބޭނުން ވާތީ ސަރުކާރުން ހުއްދަދޭ ކަމުގެ ލިޔުމެއް ގެންނާށޭ،" ނިޔާވި މުހުސިންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އަހުމަދު ޒަކީ އިންޑިއާގައި ހުރެ ބުންޏެވެ.

އޭނާ ބުނީ "ޑެޑްބޮޑީ" މޯޗަރީގައި ބާއްވާފައި އޮންނައިރު ވެސް އެތައް ހަރަދެއް ހިނގާނެތީ އެކަން އަވަސް ކޮށްދިނުމަށް ތަކުރާރުކޮށް ހޮސްޕިޓަލުގައި އެދިފައިވާ ކަމަށެވެ.

ޒަކީ ބުނީ މިހާރު ވެސް އެކަމާ ގުޅިގެން ކޮންސިއުލޭޓުގެ އެހީއަށް އެދިފައިވާނެ ކަމަށެވެ.

އޭނާ އަދި ބުނީ އާސަންދައިގެ ދަށުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށި ފަހުން ވެސް ނިޔާވުމާ ހަމައަށް އާއިލާ އަށް މުހުސިންގެ ހާލަތާބެހޭ ގޮތުން މާބޮޑު މައުލޫމާތެއް ދީފައިނުވާ ކަމަށެވެ. އަދި މަރުވުމުން ވެސް މަރުފޯމު ހަވާލުނުކުރަން ތަފާތު އުޒުރުތައް ހޮސްޕިޓަލުން ދައްކަމުންދާތީ އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ތިލަފުށީ ފަޅުގައި ހިނގި އެ ހާދިސާގައި ދެ ދިވެއްސެއް ފިހި ބިދޭސީ ދެ މީހަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.

ފުނަމާ ދޯނީގައި ރޯވީ މާލޭން މުދާ ބަރުކޮށްގެން ތިލަފުށްޓަށް ގޭސް ބަރުކުރަން ދަނިކޮށެވެ. އަދި ފުރަތަމަ އަލިފާން ރޯވެފައި ވަނީ އިންޖީނުގޭގައި ކަމަށް އޭރު ފުލުހުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފާއި ފުލުހުންނާއި ތިލަފުށީގައި މަސައްކަތްކުރާ މީހުން ގުޅިގެން ކުރި މަސައްކަތުން އެ ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލި އިރު، ދޯނި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް