ފަހުގެ ޚަބަރު


އިތުރަށް...

ލިސްޓުގައި ރައީސް ނަޝިދު ސޮއިކުރައްވައިފި

ލިޔުނީ: Unknown - Wednesday, November 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ވޯޓާރސް ލިސްޓްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ސޮއިކުރައްވައިފިއެވެ.

ވޯޓާރސް ލިސްޓްގައި ސޮއިކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިކުމެވަޑައިގެން މީޑިޔާތަކާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ވަރަށް އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އިންތިޚާބު ނުބޭއްވިއްޖެނަމަ އިސްތިއުފާދެއްވާނެ ކަމަށް މިހާރު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު ވިދާޅުވެފައިވާ ކަމަށާއި، އަދި ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހު އިންތިޚާބު ނުބޭއްވުނަސް ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގެ ފަހުން ވެރިކަމުގައި ނުހުންނަވާނެ ކަމަށް ވެރިކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު ވިދާޅުވެފައިވާ ކަމަށެވެ.

މިއަދު ކުރިއަށްދިޔަ ބިގް 4 ގެ ބައްދަލުވުމުގައި އަނެއް ދެ ރިޔާސީ ކެންޑިޑޭޓުންވެސް އެއްވެސް ޝަރުތަކާއި ނުލާ ވޯޓާރސް ލިސްޓްގައި ސޮއިކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕިގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވޯޓާރސް ލިސްޓްގައި ސޮއިކޮށްފައިވާއިރު ޖުމްހޫރީ ގުޅުމުގެ މަންދޫބުންވެސް ދަނީ ވޯޓާރސް ލިސްޓްގައި ސޮއިކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް