ފަހުގެ ޚަބަރު


އިތުރަށް...

މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނާއި ދަރިކަބަލުން ގަޔަށް ވަޅި ހަރައިފި

ލިޔުނީ: ޢަލީ ޔާސިރު - Wednesday, November 6, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނާއި ދަރިކަލުން ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

އަނބިކަނބަލުންނާއި ދަރިކަނބަލުންނަށް މިހާރު އޭޑީކޭގައި ފަރުވާދެމުންދާއިރު، ދަރިކަނބަލުންގެ ކަރަށް ފުންކޮށް ވަޅިހަރާފައި ހުރުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް މިހާރުވަނީ އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައެވެ.

އެހެންނަމަވެސް ދެމައިންގެ ޙާލު ސީއަރަސް ނޫން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެއެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ ހެންވޭރު އަޒުމް ގޭ 6 ވަނަ ފަންގިފިލާގައި 29 އަހަރުގެ އަންހެނަކާއި 4 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އަދި މިއީ ޢާއިލާގެ ތެރޭގައި ހިނގައިގެންއުޅޭ ކަމެއްކަމަށްވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެއެވެ.

ހޮސްޕިޓަލަށް މަޖިލީޙުގެ ރައީސް އަބުދުﷲ ޝާހިދާއި ޑިއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ގިނަ މެމްބަރުންވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހުސެން ވަހީދާއި ބައްދަލުކޮށް އާއިލާގެ ހާލަތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުވަނީ ހޮސްޕިޓަލަށް ވަޑައިގެން ހުސެން ވަހީދާއި ބައްދަލުކުރައްވައި އާއިލާގެ ހާލަތު އޮޅުން ފިލުއްވާފައެވެ.

ހުސެން ވަހީދު އަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެއެވެ.

މިމައްސަލައާ ގުޅިގެން 30 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ގެންދަނީ މިމައްސަލަ ތަހްޤީޤްކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް