ފަހުގެ ޚަބަރު


އިތުރަށް...

ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ލ. އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް މިއަދު ފައްޓަވަނީ

ލިޔުނީ: Unknown - Tuesday, November 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު (05 ނޮވެމްބަރ 2013) ހެނދުނު ފައްޓަވާނެކަމަށް އެ ޕާޓީން ބުނެފިއެވެ .

މިދަތުރުފުޅުގައި މިއަދު ހެނދުނު 9 ޖަހާކަންހާއިރު ކައްދުއަށް ވަޑައިގަތުމަށްފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާވަށަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މާދަމާ (06 ނޮވެމްބަރ 2013)ގައި ފޮނަދުއަށް ވަޑައިގަންނަވާނެކަމަށާއި 15:30 ގައި ފޮނަދޫގައި ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފޮނަދޫ އެމްޑީޕީ ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއެވެ. އެއަށްފަހު ފޯކަސް ގްރޫޕްތަކާއި އެކު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. 

ބުރާސްފަތި ދުވަހު (07 ނޮވެމްބަރ 2013) ގައި ގަމަށް ވަޑައިގެން ކެމްޕެއިން ޙަރަކާތްތަކެއް ހިންގެވުމަށް ނިންމާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްތަކުގައި ދޮރުންދޮރަށް ހިންގެވުން ކުރިއަށް ދާނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްތަކަށް އަމާޒުކޮށް އޮރިއެންޓޭޝަން ހިންގުމާއި، ރަށްރަށުގެ ފޯކަލް ގްރޫޕްތަކާއި ބައްދަލުކުރެއްވުމަށް ރާއްވަވައިފައިވެއެވެ. މިގޮތުން މުދައްރިސުންނާއި، ސިއްހީ ދާއިރާގެ ބޭފުޅުންނާއި، މަދަނީ، ކްލަބް ޖަމިއްޔާތަކާއި، އަދި ޒުވާނުންނާއި ބައްދަލުކުރައްވާނެއެވެ. ވަޑައިގަންނަވާ ރަށްތަކުގައި ކަންމަތީ ބައްދަލުވުން ބާއްވަވައި، ކެމްޕެއިނާއި ގުޅޭ މެޓީރިއަލް ބެހުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުގައި ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އާއި އެކު ޑީއާރޕީގެ ޑެޕިއުޓީ ލީޑަރ މަވޯޓާ ޝަރީފު ބައިވެރިވެލައްވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރުގެ ހަވީރުގެ ވަގުތެއްގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް