ފަހުގެ ޚަބަރު


އިތުރަށް...

ނާކާމިޔާބީއާއި އެކު ޑރ.ހަސަން ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަތުމަށް ނިންމަވައިފި

ލިޔުނީ: Unknown - Sunday, November 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ގުޅުމުގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުމެވަޑައިގެންނެވި ޑރ.ހަސަން ސައީދު އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވުމުން ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

އަމިއްލަފުޅު ޕާޓީ، ޤައުމީ ޕާޓީއިން ވެސް ވަކިވެވަޑައިގަތުމަށްފަހު، ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގެންނެވުމަށް ނިންމެވިކަން ބައެއް މީޑިޔާތަކަށް ޑރ.ހަސަން ސައީދުވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަމާއި ގުޅިގެން ޑރ.ހަސަންއަށް ރާއްޖެ.އެމްވީއިން ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

އެމަނިކުފާނު ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގެންނެވުމަށް ނިންމަވާފައިއިރު، ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓްގެ ގޮތުގައި ހުންނަވައިގެން ވާދަކުރެއްވި އިންތިޚާބުން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

އެގޮތުން ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިޚާބު ބާތިލް ކުރިއިރު އެޕާޓީއަށް ލިބުނު 50،422 (ފަންސާސް ހާސް ހަތަރު ސަތޭކަ ބާވީސް) ވޯޓާއި އެކު ލިބުނީ 3 ވަނަ އެވެ. އަދި މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުންވެސް 48،131 (ސާޅިސް އަށްހާސް އެއްސަތޭކަ އެއްތިރީސް) ވޯޓާއި އެކު އަނެއްކާވެސް ލިބުނީ 3 ވަނަ އެވެ.

ޑރ.ހަސަންވަނީ 2008 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކޮށް ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދަވާފައެވެ. އެމަނިކުފާނުވަނީ އެމްޑީޕީ ސަރުކާރުގައި ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ އެޑްވައިޒަރުކަމާއި، ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދުވަސްވަރު ބަނޑާރަ ނައިބްކަން ކުރައްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް