ފަހުގެ ޚަބަރު


އިތުރަށް...

ޤާނޫނާ ޤަވާޢިދުތަކަށް ރުޖޫޢަވުމަށް މާވަށުގެ ރައްޔިތުންނަށް ކައުންސިލުން މުއްދަތު ދީފި

ލިޔުނީ: Unknown - Tuesday, November 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާވަށު ކައުންސިލްގެ އިދާރީ ބައެއް ބޭފުޅުންނާއި ފުލުހުން - ފޮޓޯ: ދުރުމި.ކޮމް
ލ. މާވަށުގެ ބައެއް ރައްޔިތުން ޤާނޫނާ ޤަވާޢިދުތަކާ ޚިލާފަށް ހުރި ބައެއް ކަންކަން ރަނގަޅުކުރުމަށް މާވަށު ކައުންސިލުން އެރަށު ރައްޔިތުންނަށް މުއްދަތު ދީފިއެވެ. ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައިވާގޮތުން މިމަހު 7 ގެ ކުރިން އެފަދަ ކަންކަން އިޞްލާޙްކުރަން ޖެހެއެވެ.

މިއީ މާވަށުގައި ފުލުހުންގެ ޚިދުމަތް ފެށުމާ ގުޅިގެން ރައްޔިތުން ސަމާލުވާންވީ ކަންކަމާ ގުޅޭ ގޮތުން 08 އޮކްޓޯބަރ 2013 ގައި މާވަށު ކައުންސިލް ގެ އިދާރާއިން ނެރުނު އިޢުލާނުގައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އިޢުލަނުގައި ވަނީ މާވަށުގައި ބޭނުން ކުރަމުން އަންނަ ވެހިކަލުތައް މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިންތަކަށް ފެއްތުމަށް 1 މަސްދުވަހުގެ މުއްދަތެއް ދޭ ކަމަށެވެ.

ކައުންސިލުން ބުނީ މި މުއްދަތުގެ ކުރިން ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަކީ އެ އިދާރާއާއި ފުލުހުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. މީގެ އިތުރުން، ރަށުތެރޭގައި އެކިއެކި މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި ގަސްތައްވެސް މި ދެންނެވި މުއްދަތުގެ ތެރޭގައި ނެގުމަށްވެސް މި އިޢުލާނުގައި ވަނީ ރައްޔިތުންނަށް އަންގާފައެވެ.

އަދި މި މުއްދަތުގެ ފަހުން މިފަދަ މައްސަލަތައް ހައްލުކުރުމުގެ ޢަމަލީ ޕޮރޮގުރާމެއް ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާނެކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ރަށުގެ ގޮނޑުދޮށުން ވެލިނެގުމާއި މިނޫންވެސް ޤަވާޢިދާ ޚިލާފު ކަންކަން ހުއްޓުވުމަށް ޢާންމު ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ފުލުހުންނަށާއި ކައުންސިލަށް ދިނުމަށް މާވަށު ކައުންސިލުން ވަނީ ގޮވާލާފައެވެ.

މަސްދަރު: ދުރުމި. ކޮމް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް