ފަހުގެ ޚަބަރު


އިތުރަށް...

ޕީޖީގެ އިތުބާރު ނެތްކަމަށް ކޮމިޓީން ފާސްކޮށްފި

ލިޔުނީ: Unknown - Wednesday, November 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިގޮތަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 4 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މިމައްސަލައިގައި އިދިކޮޅަށް 2 މެމްބަރުން ވޯޓްދެއްވާފައިވާއިރުގައި ވަކިކޮޅަކަށް ވޯޓް ނުދެއްވި 1 މެމްބަރަކު އިންނެވިއެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލައާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެހެންކަމުން، ކޮމިޓީން އެމައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މއ. ޑޯންޝައިން އަލްއުސްތާޛު އަޙްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތައް ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއުޓަރ ޖެނެރަލްއެއް ކަމަށް ނުވާކަމަށް ބަޔާންކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނެންގެވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައިގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް