ފަހުގެ ޚަބަރު


އިތުރަށް...

ދިވެހި ރާއްޖޭގޭ ރައްޔިތުންގެ މަޖްލީހުގެ ތަޅުމުގައި ފޮނަދޫ ރައްޔިތުން ތަމްސީލުކުރަން ޢަބްދުއްރަހީމް ބެހެއްޓުމަކީ ފޮނަދޫ ރައްޔިތުން ލަދުވެތިވާންޖެހޭ ކަމެއް - އިބްރާ

ލިޔުނީ: Unknown - Wednesday, August 22, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރާއްޖޭގޭ ރައްޔިތުންގެ މަޖްލީހުގެ ތަޅުމުގައި ފޮނަދޫ ރައްޔިތުން ތަމްސީލުކުރަން ޢަބްދުއްރަހީމް ބެހެއްޓުމަކީ ފޮނަދޫ ރައްޔިތުން ލަދުވެތިވާންޖެހޭ ކަމެއް - އިބްރާ
ދިވެހި ރާއްޖޭގޭ ރައްޔިތުންގެ މަޖްލީހުގެ ތަޅުމުގައި ފޮނަދޫ ރައްޔިތުން ތަމްސީލުކުރަން ހުރި ޢަބްދުއްރަހީމް ޢަބްދުﷲ އެ ޖައްސާ ވައްތަރުތަކާއި އެކުރާ ހަޑިހުތުރު ކަންތައް ދިވެހިރާއްޖޭގެ ތާރީޚްގައިވެސް މިހާތަނަށް ހިނގާފައި ނޯންނާނެ ކަމަށާއި އެއީ ފޯނަދޫ ރައްޔިތުން ލަދުވެތިވާން ޖެހޭ ކަމެއްކަމަށް ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރ އިބްރާހިމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިބްރާ މިހެން ވިދާޅުވީ ފޮނަދޫ އެމްޑީޕި ހަރުގޭގައި މިމަހުގެ 20 ވަނަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އިބްރާގެ ވާހަކައިގައި ފޮނަދޫ ރައްޔިތުންގެ އަޚްލާޤާއި ސުލޫކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވަމުން ވިދާޅުވީއެފަދަ މަތިވެރި އަޚްލާޤެއް ހުރި ރައްޔިތުތަކެއް ތަމްސީލުކުރަން ދިވެހިރާއްޖޭގެ އެންމެ މަތީ މަޖިލީހުގައި ހުންނަ މީހާއަކީ އެވަރުގެ ހަޑިހުތުރު ކަންތައްކޮށް އެ މަޖިލީސް ހަލާކު ކުރާ މީހަކަށް ވީމާ އެއީ ފޮނަދޫގެ މުޅި ރައްޔިތުންނަށް ނިސްބަތްވާ ވަރަށް ހުތުރު ސިފައެއް ކަމަށެވެ.
"އެއީ ވަރަށް ހުތުރު ކަމެކޭ ޓީވީން އެހުންނަނީ ދައްކާފައޭ ރައްޔިތުންގެ މަޖިލިސް. މުޅި ރާއްޖޭގެ ރައްޔިތުން އެބަ ދެކެއޭ ހައްދުންމަތީ ފޮނަދޫ ދާއިރާ އަދި އެދާއިރާއަށް ނަން ކިޔިފައި މިއޮންނަނީވެސް މިރަށުން. ފޮނަދޫ ދާއިރާ. މާމެންދޫ ދާއިރާއެކޭވެސް ނޫން ކިޔަނީ، ގާދޫ ދާއިރާއެކޭވެސް ނޫން ކިޔަނީ. ފޮނަދޫ ދާއިރާ. ފޮނަދޫ ދާއިރާގެ ޢިއްޒަތެއް ނެތް މެންބަރު އެ މަޖިލީހުގައި ކަންކުރާގޮތް މުޅި ރާއްޖޭގެ ރައްޔިތުން އެތިބެނީ ބަލަހައްޓައިގެނޭ. ހާދަހާއޭ ލަދެއް ނެތީ އޭނާގެ. ހާދަހާއޭ ގޮތެއް ނެތީ." އިބްރާ ވިދާޅުވިއެވެ.
އިބްރާ އިތުރަށް ވިދާޅުވީ ފަނޑިޔާރުގެއާ ބެހޭ މައްސަލައެއްގައި ތޮއްޑޫ ދާއިރާ މެންބަރު ޢަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި ކޮމެޓީ ޖަލްސާއެއްގަ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމްގެ ނޮހޮރައްޕާނާހެދި، އޭނާ އަކަނިމާއެކަނި އެތާނގައި ކުރި ހަޑި ހުތުރު ކަންތަކާ ހެދިގެން އެންމެފަހުން ކޮމެޓީ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވިގެން ނިންމާލާފަ މުޤައްރިރު ވަޑައިގަންވަން ޖެހުން އެއީ އޭނާގެ ގޮތެއްނެތް ކަން އެނގިގެން ދިޔަ ކަމެއް ކަމަށެވެ.
"މި ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އިންސާފު ހޯދައިދޭން އޮތް ފަނޑިޔާގެ ތަކުގެ ވާހަކަ، އެތަންތަނުގެ ކަންކަން ހިނގާގޮތް ބަލަން މަޖިލީހުން އަދާކުރަންޖެހޭ ޒިންމާ އަދާކުރާށޭ މިތިބީ. އެހެންވީމަ މިރަށުގެ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ހުތުރު ނަމަކަށް އެބަވެޔޭ މީނާ މިތާނގައި ހުންނާތީ."
2014 ވަނަ އަހަރު ޢަބްދުއްރަހީމް ޢަބްދުﷲ މަޖިލީހަށް ފޮނަދޫ ދާއިރާ ތަމްސީލުކުރަން ވަނަނުދިނުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރެއްވުމަށްވެސް ގޮވައިލެއްވިއެވެ.
"އެމްޑީޕީގެ މެންބަރުން މިއަދު ޢަޒުމް ކަނޑައަޅުއްވާށޭ އަޅުގަނޑާއެކީގައި 2014 ވަނަ އަހަރު އޭނާ މަޖިލީހަށް ތިބޭފުޅުން ތަމްސީލުކުރަން ވަނަކަ ނުދޭނަމޭ. އެއީ ތިބޭފުޅުންގެ އަބުރާ ތިބޭފުޅުންގެ ޝަރަފަށްޓަކައިވެސް އެބަޖެހޭ އެކަންކުރަން."
މިމޭރުމުން އިބްރާ ވިދާޅުވީ މަޖިލީހަށް ގޮނޑިއަކަށް ޚުދު އެބޭފުޅާ ދިއުމަށްވުރެވެސް ޢަބްދުއް ރަހީމް މަޖިލީހުން ނެރެން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި އެކަމަކީ ޚުދު އެބޭފުޅާގެ މައްޗަށް ވާޖިބުވެފައިވާ ކަމެއްކަމަށް ދެކޭކަމަށްވެސް ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑަށް ލިބިފައިހުރި ހުރިހާ ސިޔާސީ ތަޖްރިބާއާއި  އަޅުގަނޑުގެ އަތުގައި އޮތް ވަޞީލަތަކާ މިހުރިހައި ކަމެއް ތިބޭފުޅުންނާ އެކީގައި އަޅުގަނޑު ހިއްސާކޮށްގެން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ މިކަން ޙާޞިލް ކުރެވޭތޯ. އަޅުގަނޑު ބަލާނަން ތިބޭފުޅުން އެމީހެއްގެ އަތުގަހިފައިގެން ނެރޭވޭނެ ކަހަލަ ޤަދަރުވެރި، ޢިލްމުވެރި މީހަކު ތިޔަބޭފުޅުންގެ މެންބަރަކަށް ނަންގަވަން މީހަކު ދެއްކޭތޯވެސް." 
ފޮނަދޫ އެމްޑީޕީ ހަރުގޭގައި މިމަހުގެ 20 ވަނަ ދުވަހުގެރޭ އިބްރާ ދެއްކެވި ވާހަކައިގައި ބަޣާވާތްކޮށްގެން ސަރުކާރަށް ވެރިވެގަނެގެން އުޅޭ މީހުންގެ އަދުގެ ޙާލަތު ހުރިގޮތުގެ ވާހަކައާއި ކޯނީގެ ރިޕޯޓް ނެރުމުން ވާނެކަމަށް ލަފަކުރެވޭ ގޮތްތަކާއި އެމްޑީޕީ ފޮނަދޫ ދާއިރާ ގެ ހިންގުން ހަރުދަނާ ކުރުމުގެ މައްޗަށް ބައްލަވައިލައްވާ ވާހަކަ ދެއްކެވެިއެވެ. އިބްރާ މިވަގުތު ފޮނަދޫގައި ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for ދިވެހި ރާއްޖޭގޭ ރައްޔިތުންގެ މަޖްލީހުގެ ތަޅުމުގައި ފޮނަދޫ ރައްޔިތުން ތަމްސީލުކުރަން ޢަބްދުއްރަހީމް ބެހެއްޓުމަކީ ފޮނަދޫ ރައްޔިތުން ލަދުވެތިވާންޖެހޭ ކަމެއް - އިބްރާ

  1. އައްމަޑޭ އަށް ސާބަސް! ވަރަށް ހިތްހަމަ ޖެހިއްޖެ އައްމަޑޭގެ ތިޔަ ހިތްވަރުގަދަ މަސައްކަތް މިފަދަ ގޮތަކަށްވެސް ފެށީތީ. ވީޑިއޯ ލީމަ ވަރަށް ހަބޭސް

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް