ފަހުގެ ޚަބަރު


އިތުރަށް...

މިއަދާއި މިރޭ ވަތަނިއްޔާއިން ފޮނަދޫގައި ޚާއްޞަ ޙަރަކާތްތަކެއް ހިންގަނީ

ލިޔުނީ: Unknown - Sunday, August 26, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:



މިއަދާއި މިރޭ ވަތަނިއްޔާއިން މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް ފޮނަދޫގައިވެސް ކުރިއަށްދާނެ ކަމަށް ފޮނަދޫގައި ހުންނަ ވަތަނިއްޔާ މެއިންޕޮއިންޓް ފިހާރައިން މަޢުލޫމާތު ދީފިއެވެ. އެގޮތުން މިއަދު ހަވީރު ފޮނަދޫ ހުރިހައި ކުޑަކުދިންނާއި ބެލެނިވެރިންނަށް ހުޅުވާލައިގެން ބާއްވާ ޚާއްޞަ ކުޑަކުދިންގެ ހަވީރަކާއި މިރޭ ފޮނަދޫ ބަނދަރު ސަރަޙައްދުގައި ޚާއްޞަ ސްޓޭޖް ޝޯވް އެއް ބާއްވާގޮތަށް ހަމަޖެހިފައި ވާކަމަށް މެއިންޕޮއިންޓްން މަޢުލޫމާތު ދެއެވެ.
"މިރޭ ސްޓޭޖް ޝޯވްގަ ފޮނަދޫ ބައްރު ބޮޑުބެރު ގްރޫޕާއި ގަމު ތުނޑީ ސްޓަރ ގްރޫޕް ހުށައަޅާނެ. މިރޭގެ ޝޯވްގަ ވަތަނިއްޔާއިން ވަރަށް ވަރުގަދަ ޚިދުމަތެއް ތަޢާރަފް ކުރުން އޮންނާނެ. މިރޭ އެއީ ކޮންކަމެއްކަން އެނގިގެންދާނީ." މެއިންޕޮއިންޓްގެ އޮފިޝަލް މަޢުލޫމާތު ދިނެވެ.
ވަތަނިއްޔާއިން މިއަދުވަނީއަންލިމިޓެޑްކޮށް ފޯނުން ގުޅައި އެސްއެމްއެސް ކުރެވޭނެ ޕެކޭޖެއް ތައާރަފުކޮށްފައެވެ.
އާ ޕެކޭޖާބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ނަސަންދުރާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަތަނިއްޔާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ އަހުމަދު ޒަރީރު ވިދާޅުވީ"ލިވް އަންލިމިޓެޑް" ގެ ނަމުގައި މިއަދު ތައާރަފުކުރި ހިދުމަތު ސަބަބުން އަންލިމިޓެޑްކޮށް ގުޅުމުގެ ފުރުސަތު ލިބި، މިހާރު ހިލޭ ގުޅޭ ނަމްބަރުތަކަށް އޮތް ލިމިޓް އުވިގެންދާނެ ކަމަށެވެ.


ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވި ގޮތުގައި ވަތަނިއްޔާގެ ޑަބްލިޔު ޕްރިޕެއިޑް އަދި ޑަބްލިއު ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ބޭނުންކުރެވޭ އެ ހިދުމަތުގައި ހިމެނެނީ އަންލިމިޓެޑްގެ ދެ ޕެކޭޖެވެ. އެގެ ތެރެއިން އަންލިމިޓެޑް 299 ގެ ޕެކޭޖްގައި މަހުފީއަކަށް 299ރ. ދެއްކުމުން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް އިތުރު ފީއަކާ ނުލައި އެއް މަސްދުވަހުގެ ތެރޭގައި ހިލޭ އަންލިމިޓެޑްކޮށް ގުޅޭނެ އެވެ. އަދި އަންލިމިޓެޑް 399 ޕެކޭޖްގައި މަހުފީއަކަށް 399ރ. ދެއްކެމުން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް ވެސް އިތުރު ފީއަކާނުލައި އެއް މަސްދުވަހުގެ ތެރޭގައި ހިލޭ އަންލިމިޓެޑްކޮށް ގުޅާލެވޭއިރު ބޭނުން ވަރަކަށް ހިލޭ އެސްއެމްއެސް ކުރެވެއެވެ. މިޕެކޭޖްގައި ރާއްޖޭގެ އެހެން ނެޓްވޯކަކަށް ގުޅާނަމަ ނަގަނީ މިނިޓަކަށް 55ލ. އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް