ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫން ކަރަންޓް ކެނޑިފަ އޮންނަތަ 48 ގަޑިއިރު

ލިޔުނީ: Unknown - Wednesday, September 5, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ.ފޮނަދޫގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ނުލިބި ދަތިހާލުގައި އުޅެމުންދަތާ ސާޅިސް އަށްގަޑިއިރުވެއްޖެއެވެ.
ރާއްޖެ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފޮނަދޫގެ ރައްޔިތަކު ބުނީ އެއްގޮތަކަށްވެސް ކަރަންޓްގެ ހިދުމަތް ނުލިބޭތާ ސާޅީސް އަށްގަޑި އިރުވެފައިވާކަމަށެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުމާއި އުނދަނގޫތަށް ކުރިމަތިވަމުން ދާކަމަށް އޭނާ މައުލޫމާތުދިނެވެ.
ފޮނަދޫގެ ކަރަންޓްގެ މައްސަލަ ހައްލުނުވެ ހަތްމަހަށްވުރެ ގިނަދުވަސް ވެފައިވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާތަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފޮނަދޫގެ ގިނައަދަދެއްގެ ރައްޔިތުންވަނީ ކައުންސިލްގެ އިދާރާކައިރިއަށް އެއްވެ ނުރުހުންފާޅުކޮށް އިހްތިޖާޖް ކޮށްފައެވެ. އަދި ކައުންސިލްގެ ރައީސްގެ އިސްތިއުފާއަށާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމްގެ އިސްތިއުފާއަށްވެސް ގޮވާފައިވެއެވެ.
ރައްޔިތުން ކައުންސިލާ ސުވާލުކުރިނަމަވެސް ފޮނަދޫ ކައުންސިލުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީ ނުވާކަމަށް އިހްތިޖާޖްގެ ބައިވެރިން ދަނީ ބުނަމުންނެވެ. އޭގެ ބަދަލުގައި ކައުންސިލްގެ ބައެއް މެމްބަރުން އިހްތިޖާޖް ކުރަމުން ދިޔަ ބައެއްފަރާތްތަކާއި ހަޑިހުތުރު ބަހުރުވައިން މުހާތަބު ކޮށްފައިވާކަންވެސް މައުލޫމާތު ދީފައިވެއެވެ.
ފޮނަދޫ ރައްޔިތުންގެ އިންޖީނުގޭގައި ކަރަންޓް ދިނުމަށްޓަކައި ބޭނުންކުރަމުންއަންނަ ތިން އިންޖީނަށް ވެސް މިވަގުތު މައްސަލަ ދިމާވެފައި ވާތީ އެރަށުންކަރަންޓްގެ ހިދުމަތް އެއްކޮށް ކެނޑިފައިވާ ކަމަށާއި މިހާރު އެމައްސަލަހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލްގެ އިދާރާއިންވަނީ މައުލޫމާތުދީފައެވެ. އިއްޔެ އިރުއޮއްސުމުގެ ކުރިން ކަރަންޓްގެ ހިދުމަތް ދެވޭނެކަމަށްއުއްމީދުކުރި ކަމަށާއި ނަމަވެސް މިހާރު ކަންތައް މިދާ ގޮތުން ކަރަންޓް ލިބޭނީ ކޮންދުވަހަކު ކަންވެސް ދަންނަވަންދަތި ކަމަށް ކައުންސިލްގެ އިދާޜާއިން މައުލޫމާތުދެއެވެ. އަދި ކަރަންޓް ކެނޑިފައި އޮތުމުގެ ސަބަބުން އެރަށުރައްޔިތުނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއިއެގޮތުން މިފާއިތުވި ދެރޭ އެރަށު ރައްޔިތުން ހޭދަކުރަން ޖެހުނީ ކަރަންޓްގެއަލިކަމެއް ނެތި ކަނު އަނދިރީގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
ފޮނަދޫ އިންޖީނުގޭ ހިންގުމާ ހަވާލުވެހުންނެވި އަބުދުއްރަޝީދު ވިދާޅުވީ އެ ރަށު އިންޖީނުގޭގައި ކަރަންޓް ހިދުމަތް ދިނުމަށްޓަކައި ބޭނުންކުރަމުންއައީ 240 ކިލޯ ވޯޓްގެ އިންޖީނަކާއި 200 ކިލޯ ވޯޓްގެ ދެއިންޖީނުން ކަމަށެވެ. އޭގެތެރެއިން 240 ކިލޯ ވޯޓްގެ އިންޖީނު ބޭނުންނުކުރެވޭތާ ހަތަރު މަސްވެފައިވާ އިރު ދެން ހުރި ދެ އިންޖީނުން ރަށަށްބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދޭ ކަމަށް.  އަދި މިހާރު އެމައްސަލަހައްލުކުރުމުގެ ގޮތުން ފެނާއި ނަރުދަމާއައި ކަރަންޓުގެ ހިދުމަތް އަތޮޅުތެރެއަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި، ފެނަކައިގެ ދަށަށް ލ. ފޮނަދޫ އިންޖީނުގޭ މިމަހުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މިހާރު އެތިން އިންޖީނަށްވެސް މައްސަލަ ދިމާވެގެން ބޭނުން ނުކުރެވޭ ކަމަށެވެ. ފޮނަދޫން ކަރަންޓް ކެނޑި އެ މައްސަލަ އަދިވެސް ހައްލު ކުރެވިފައި ނުވާއިރު މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައިވެސް އެރަށުން ވަނީ ހަތަރު ދުވަހަށްވުރެ ގިނަ ދުވަހަށް އެއްގޮތަކަށްވެސް ކަރަންޓް ނުލިބި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް